ހިޔާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފަހީގައި ހަދާފައިވާ ސޯޝަލް ހައުސިންގް އިމާރާތްތައް

ހަބަރު

ހިޔާފްލެޓް - ގިނަ ބަޔަކު ކުލި ނުދައްކާ، ހަދާފައިވަނީ މާއަގުބޮޑުކޮށް : ވޯލްޑް ބޭންކް

ރާނިއާ - ދިވެހި ރާއްޖެ | 16 އޮކްޓޯބަރ 2022 , އާދީއްތަ 09:38   327

ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާފްލެޓަކީ ރާއްޖެއާއި ނުގުޅޭގޮތަށް މާ އަގު ބޮޑުކޮށް ހިންގާފައިވާ މަޝްރޫއެއް ކަމަށް ވޯލްޑް ބޭންކުން ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކުން ދާދިފަހުން ނެރުނު 'މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް' ރިޕޯޓުގައި އެމީހުން ވަނީ މިކަން ފާހަގަ ކޮށްފައެވެ. މި ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ފްލެޓްތައް ޑިޒައިންކޮށް ރާވާފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ނުގުޅޭގޮތަށް ކަމަށެވެ. ހަމަ އެހެންމެ އެތަންތަން ނުނިންމާ ދިނުމަކީ ރައްޔިތުންނަށްވެސް ބުރަ އިތުރުވި ކަމެކެވެ.

އަދި މީގެ އިތުރުން ހިޔާފްލެޓްގެ މަޝްރޫއު ހިންގުމަށް 10.5 ބިލިއަން ރުފިޔާ ހަރަދުވެފާއި ވުމާއެކު ކޮންމެ ފްލެޓަކަށް ސަބްސިޑީ ގޮތުގައި ސަރުކާރުން 490،356 ރުފިޔާވެސް ހަރަދު ކުރަން ޖެހޭ ކަންވެސް ފާހަގަކޮށްފައިވެއެވެ.

ހިޔާފްލެޓް މަޝްރޫއައި ގުޅިގެން ނަގާފައިވާ ލޯންތަކަކީ ކުރު މުއްދަތެއްތެރޭގައި ދައްކަން ޖެހޭގޮތަށް އިންޓްރެސްޓް ބޮޑުކޮށް ނަގާފައިވާ ލޯންތަކެކެވެ. މިލޯނުގެ ބުރަ ކުޑަކުރުމުގެ ގޮތުން، 2019 ވަނަ އަހަރު އެޗްޑީސީއިން 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް މަޖުބޫރުވިކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުން ދައްކާގޮތުގައި ބައެއް ފްލެޓްތަކުން ލާރި ނުދައްކާކަންވެސް އެނގިފައިވެއެވެ. 6338 ފްލެޓްތަކުގެ ތެރެއިން 2345 ފްލެޓްއިން (37 އިންސައްތަ) ކުލި ނުދައްކާކަމަށްވެފައިވެއެވެ. އަދި ހުޅުމާލޭ ފިޔަވަހިން ދޫކޮށްފައިވާ 800 ފްލެޓްތަކަކުން ވެސް ފާއިސާ ނުދައްކާ ކަމަށް ބުނެފައިވެއެވެ.

ކުލި ބަހާލައިގެން ކުލި ނުދައްކާ ފަރާތްތަކަށް ފާއިސާ ދެއްކުމުގެ ފުރުސަތު ދިން ކަމުގައި ވިޔަސް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށްވެސް ފާހަނގަކޮށްފާއިވެއެވެ. އަދި ހަމަ އެހެންމެ ފްލެޓްތަކަށް ކުލި ނުދައްކާ ކަމުގައިވާނަމަ ފްލެޓްތައް އަތުލުމުގެ ބާރު އެޗްޑީސީއިން އޮތް ކަމުގަވިޔަސް މިފަދަ އެއްވެސް ފިޔަވަޅެއް ނާޅާކަންވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ހިމެނިފައިވެއެވެ.

ޓެގްސް: ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.