ރައީސުލް ޖުމްހޫރިއްޔާގެ ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލް އާއި ބައްދަލުކުރައްވަނީ

ހަބަރު

ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު އިފްތިތާހުކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 17 އޮކްޓޯބަރ 2022 , ހޯމަ 00:31   184

15 އޮކްޓޯބަރު 2022 ވަނަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލުންވަނީ 'ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑުތައް' އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި، މީޑިއާތަކުން ވަނީ އެންޑޯސްކޮށް ސޮއި ކުރުމުގެ ޙަރަކާތެއްގައި ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި 60 އަށްވުރެ ގިނަ މީޑިޔާތަކުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި އޮންލައިން މީޑިއާއައި، ބްރޯޑްކާސްޓިން މީޑިއާ އަދި ޕްރިންޓް މީޑިއާވެސް ހިމެނެއެވެ.

މިއީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން، ދިވެހި މީޑިއާއިން އަމަލުކުރުމަށް އެކުލަވާލެވިފައިވާ ގަވާއިދުތަކެކެވެ. ދިވެހި މީޑިއާގައި މަސައްކަތް ކުރާ ކޮންމެ މީހަކީ މިގަވާއިދުތަކަށް އަހުލުވެރި މީހަކަށް ވުމާއެކު މިގަވާއިދުތަކަށް ތަބާވުމަކީ އެމީހެއްގެ ފަރުދީ ޒިންމާއެއް ކަމަށްވެސް ބަޔާންކޮށް އިގްރާރުވެވިފައިވެއެވެ.

'ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު' ގައި ހިމެނޭ ބައެއް ކަންތައް:

  • އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން
  • އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން
  • އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން
  • ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން
  • ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން

ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެމީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސް މި މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބާރު އަޅުއްވައެވެ. އަދި ހުރިހާ މީޑިއާތަކުންވެސް މިގަވާއިދުތަކާއި އެއްގޮތަށް ހަބަރު ފެތުރުމަށްވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.