ލިވާޕޫލް ކުޅުރުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ

ކުޅިވަރު

ޕްރިމިޔާރ ލީގް ކުރުކޮށް: ލިވާޕޫލް ސިޓީ ބަލިކޮށްފި، އާސަނަލް ޕޮއިންޓްތާވަލުގެ އެންމެކުރިއަށް

ރާނިއާ - ޔޫރަޕް | 17 އޮކްޓޯބަރ 2022 , ހޯމަ 12:15   200

އެންމެ ފަހުގެ ޕްރިމިޔާ ލީގްގެ ޗެމްޕިއަންސް މެންޗެސްޓާ ސިޓީ ވަނީ ލިވާޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި 0-1 އިން ބަލިވެފައެވެ. އެހެންކަމުން މިއީ މިސީޒަންގެ އެމީހުންގެ އެންމެ ފުރަތަމަ ބަލި ވެސް މެއެވެ.

އާދިއްތަ ދުވަހު ކުޅެފައިވާ މި މެޗުގައި، 76 ވަނަ މިނިޓާ ޖެހެންދެން މެޗު ދިޔައީ ވަރަށް ކައިރިކައިރިންނެވެ. ދެ ޓީމު ވެސް އެއްވަރެއްގައި ހިފަހައްޓަމުންނެވެ. ނަމަވެސް 76 ވަނަ މިނިޓުގައި މުހައްމަދް ސަލާޙްވަނީ ސިޓީއާ ދެކޮޅަށް ގޯލެއް ޖަހާފައެވެ. މުހައްމަދް ސަލާޙްވަނީ ކެންސެލޯ އަތުން ބޯޅަ އަތުލައި، އެލިސަން ޖަހާފައިވާ 'ގޯލްކިކް' ވަރަށް ބަލައިގެން ކޮންޓްރޯލްކުރަމުން، އެޑާސަންގެ ފަހަތަށް ނުހަނު ފަސޭހަކަމައި އެކު ގޯލު ވައްދާފައެވެ.

ލިވާޕޫލްވަނީ އެމީހުން ރޭންޖާސް އާއިއެކު ކުޅުނު މެޗުގައި 1-7 އިން އެޓީމު ބަލިކޮށްފައެވެ. އަދި އެ މެޗުގެ ފޯރި އާދީއްތަ ދުވަހު ކުޅެެފައިވާ މެޗަށް ގެނެސްދީފައިވެއެވެ. މިއާއިއެކު މެންޗެސްޓާއައި ދެކޮޅަށް ކުޅުނު މެޗުން އެމީހުންނަށް ލިބުނު 3 ޕޮއިންޓަކީ މުހިންމު އެއްޗެކަށް ވެގެންދާނޭ ކަންވެސް ޔަގީނެވެ.

ސިޓީ އޭންފީލްޑް މެޗުގައި ބަލިވެފައިވުމައި، އާސަނަލް ލީޑްސް އާއި ދެކޮޅަށް ހަނި ގޮތަކަށް މޮޅުވެފައިވާ މެޗާއިއެކު 4 ޕޮއިންޓްގެ ތަފާތާއިއެކު އެންމެ މަތީގައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.