އެޤައުމުގައި 2020ވަނަ އަހަރުން ފެށިގެން އައިފޯނައި އެކު ޗާޖަރު ނުދE

ހަބަރު

ބްރެޒިލްގައި, އައިފޯނާއި އެކު ޗާޖަރު ވިއްކުމަށް އަނެއްކާވެސް އަމުރެއް ނެރެފި

ރާނިއާ - ޔޫރަޕް | 18 އޮކްޓޯބަރ 2022 , އަންގާރަ 08:18   286

2020 ވަނަ އަހަރުން ފެށިގެން އެޕަލް ކުންފުނިން ވިއްކާ އައިފޯން 12 އެކު ލިބޭ ފޮށި ތެރޭގައި ޗާޖަރު ނުދެއެވެ. ގިނަބަޔަކު ދަނީ މިކަމާއި ހިތާމަކޮށް ނުރުހުން ފާޅުކުރަމުންނެވެ.

ބްރެޒިލް އިން ވަނީ މިދިޔަ 3 ޖީލުގެ އައިފޯނާއި އެކުވެސް ޗާޖަރު ހޯދުމުގައި ނިޔަނެތި މަސައްކަތް ކޮށްފައެވެ. އެޕަލް ޖޫރިމަނާ ކުރުމުގެ އިތުރަށް މާ ބޮޑު ކާމިޔާބެއް މިކަމުގައި އެމީހުންނަށް ލިބިފައިނުވާކަން ފާހަގަވެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުންފުނި ކަމަށްވާ އެޕަލްއަކަށް މިއީ މާބޮޑު އެއްޗެކަށް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސައޮ ޕާލޯ ސްޓޭޓް ކޯޓުންވަނީ އެޕަލް ކުންފުނި 19 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

މިމައްސަލަ އާއި ގުޅިގެން ބްރެޒިލް އިން އަނެއްކާވެސް، 3 ވަނަ ފަހަރަށް، އެޕަލްއިން އައިފޯނު ޗާޖަރައި ނުލައި ފޯނު ވިއްކާ މައްސަލައަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން މިފަހަރު ވަނީ ކޮންސިއުމާ ޕްރޮޓެކްޝަން ޤާނޫނައި ހިލާފުުވާކަމަށް ހުކުމްކޮށްފައެވެ. ނަމަވެސް އެޕަލްއިން ވަނީ މި ހުކުމް އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރާނޭ ކަމަށްވެސް ބުނެފައެވެ.

އެޕަލް ވަނީ އެމީހުންގެ ފަރާތް ދިފާއު ކުރަމުން، އެމީހުން ކުރިޔަށްވުރެ ތިމާވެއްޓައި ރައްޓެހި ކަމަށް ބުނެފައެވެ. އެޕަލްގެ އެގްޒެކެޓިވުންވަނީ އައިފޯން 12ގެ ލޯންޗުގައި ސްޓޭޖަށް އަރައި، އަންދާޒާކުރާގޮތުން، ފޯން ފޮށިގަނޑު ކުދި އަދި ލުއި ކުރުމުގެ ސަބަބުން، ދެ މިލިއަން ޓަނުގެ ކާބަން ޖައްވަށް ދިއުން މަދުވާނެ ކަމަށް ދައުވާކޮށްފައިވެއެވެ.

މިއީ އިލެކްޓްރޯނިކް ކުނި މަދު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގައި ބުނި ކަމަށްވީނަމަވެސް، ފަހުން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން މިބަދަލުގެ އަސްލު އަސަރު ކުޑަ ކަމަށްވެސް ދައްކައެވެ.

ޓެގްސް: އެޕަލް މޮބައިލް ފޯން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.