އޫންޗާއި ޕޯސްޓަރެއް :އަމީތާބް ބައްޗަން، އަނުޕަމް ހޭރް އަދި ބޮމަން އިރާނީ

މުނިފޫހިފިލުވުން

'އޫންޗާއީ' : އަމީތާބުގެ އާ ފިލްމަކީ އެކުވެރިކަމާއި އެޑްވެންޗަރ އަދި ދިރިއުޅުމާއި ބެހޭ ފިލްމެއް!

ރާނިއާ - އިންޑިއާ | 18 އޮކްޓޯބަރ 2022 , އަންގާރަ 08:24   218

އަމީތާބް ބައްޗަން ލީޑް ރޯލު ކުޅޭ 'އޫންޗާއީ' ގެ މުޅިން އާ ޕޯސްޓަރއެއް މިއޮތީއެވެ. އަމީތާބު، އަނުޕަމް ހޭރް އަދި ބޮމަން އިރާނީ ކުޅޭ މިފިލްމަކީ 3 ރައްޓެހިންގެ އެކުވެރިކަމާއި ދައްކުވައިދޭ ދަތުރެއްގެ ގޮތަށް ޕްރޮމޯޓް ކުރެވެމުންދާ ފިލްމެކެވެ.

މިއާޕޯސްޓަރުގައި 'ބިގް ބީ' އާއި އެކު އޭނާގެ ރައްޓެހިން ބޮމަން އަދި އަނުޕަމް، ސްނޯއިން ފޮރުވިފައިވާ ފަރުބަދުތަކުގެ ތެރޭގައި އިން ހިލަގަނޑެއްގައި އިށީންދެގެން ތިބޭތަން ފެނިގެންދެއެވެ. 3 ކެރެކްޓަރުންވެސް ތިބީ ތަފާތު ހަރަކާތްތަކުގައިކަން ފާހަނގަވެއެވެ. ބޮމަން ފެން ބޮމުން ދާއިރު، އަނުޕަމް އޭނާގެ ކެއުން 'އެންޖޯއި' ކުރުމުގައި އަވަދިނެތި އުޅެއެވެ. އަދި އަމީތާބް މެދުގައި އިށީނދެ އިންނަ އިރު، އުޑުމައްޗަށް ބަލައިގެން ހުވަފެން ދެކެމުން އަންނަ މަންޒަރު ސިފަވެއެވެ.

ތަފާތު ޖަޒުބާތުތަކުން ފުރިފައިވާ މިޕޯސްޓަރަކީ މިފިލްމަށް ތާއިދުކުރާ ފަރާތްތަކުގެ ފޯރި މިހާރަށްވުރެ ގަދަ ކުރުވާނެ ކަމެއްކަން ޔަގީނެވެ.

އަހަރުމެންގެ ފިލްމު #އޫންޗާއީ ގެ ދެވަނަ ޕޯސްޓަރު ފަހުރުވެރިކަމާއެކު ގެނެސްދެން. އަހަރެންނާއި އަހަރެންގެ ރައްޓެހިން އަނުޕަމް ހޭރް އަދި ބޮމަން އިރާނީ އެކުވެރިކަމާއި އެޑްވެންޗަރ އަދި ދިރިއުޅުން ފާހަގަކުރާ މި ފިލްމު ބަލަން އެންމެންވެސް އެމީހުންގެ އާއިލާއައި ރަހުމަތްތެރިން ގޮވާއިގެން އަންނާނެ ކަމަށް އުންމީދު ކުރަން.

~ އަމީތާބު، އިންޓާގައި ބުނެފައިވާ ގޮތް

މި ފިލްމުގައި ނީނާ ގުޕްތާ އާއި ޕަރިނީތީ ޗޯޕްރާ އަދި ސާރިކާ ވެސް މުހިއްމު ރޯލުތަކަކުން ފެނިގެންދާނެއެވެ.

މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ސޫރާޖް ބަރްޖަތިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ޓެގްސް: ހިންދީ ފިލްމު ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.