މަރްޔަމް ފިޔާޒާ، އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އޭއީއެޗް އިން މިޙަރަކާތުގައި ބައިވެރިވާނެ

ހަބަރު

"އަލްޒައިމަރސް ސޮސައިޓީގެ" ޚާއްޞަ ޙަރަކާތެއް ހުކުރު ދުވަހު އައްޑޫސިޓީ ޝަރަފުއްދީން ސްކޫލްގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 އޮކްޓޯބަރ 2022 , އަންގާރަ 21:25   537

ޑިމެންޝިއާ އަކީ ވިސްނުމަށާއި ހަނދާން ކުރުމަށާއި އަދި އާއްމު ދިރިއުޅުމުގައި ގޮތްނިންމުމަށް ދަތިވާ ދަތިވުންތަކަށް އިޝާރާތްކޮށް ބޭނުންކުރާ އާއްމު ލަފުޒުއެވެ. ވަރަށް ގިނަ ފަހަރަށް ޑިމެންޝިއާ, އުމުރުން ދުވަސް ދުވަސްވުމާއި ގުޅުވާލެވިގެންދާއިރު، ޑިމެންޝިއާ އާއިގުޅޭ ފުރިހަމަ މަޢްލޫމާތު އާބާދީގެ ބޮޑުބަޔަކަށް ފޯރާފައިނުވެއެވެ.

އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ރާވާފައިވަނީ މުޅި ރާއްޖޭގެ އެކި ކަނކޮޅުތަކުގައި މިކަމަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މިގޮތުން މި ސޮސައިޓީގެ ޓީމެއް މިވަގުތު ދަނީ އައްޑޫ ސިޓީގައި ޙަރަކާތްތެރިވަމުންނެވެ.

އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގައި ހުކުރު ދުވަހު މެންދުރުފަހުން ބާއްވާ ޙަރަކާތާއި ގުޅޭގޮތުން މަޢްލޫމާތު ދެއްވަމުން އެ ސޮސައިޓީގެ ސެކެޓްރީ ޖެނެރަލް މަރްޔަމް ފިޔާޒާ ވިދާޅުވީ މިއީ ރާއްޖޭ އާއި ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ ޚާއްޞަ ޑޮކްޓަރުން ބައިވެރިވެ މުހިއްމު މަޢްލޫމާތުތަކެއް ފޯރުކޮށްދޭނެ ޕްރޮގްރާމެއް ކަމަށެވެ.

އަޅުގަނޑުމެންނާއި އެކު ބައިވެވަޑައިގަންނަވާނެ ނާރުގެ ހާއްސަ ޑޮކްޓަރުންނާއި، ސައިކޮތެރަޕިސްޓަކާއި ސައިކިއާޓްރިސްޓެއް ވެސް. ވަރަށް މުހިއްމު ފުރުޞަތެއް މިއީ ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށް ވެސް. މިބައްޔާއި ގުޅޭ މަޢްލޫމާތު ފޭސްޓުފޭސްކޮސް ހޯދުމަށް.

~ މަރްޔަމް ފިޔާޒާ، އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް

މި ޙަރަކާތް ސްޕޮންސަރ ކުރީ އެސް.ޓީ.އޯ އިންނެވެ. ކޮލާބޮރޭޓަރުންގެ ގޮތުގައި ގޮތުގައި އައްޑޫ ސިޓީ ކައުންސިލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ބައިވެރިވެއެވެ. އަދި މީގެ އިތުރަށް ޕާޓްނަރުގެ ގޮތުގައި ޕެބްލްސް އިން، އަދި ޝަރަފުއްދީން ސްކޫލް އަދި އެކްސްޕްރެސް މީޑިއާ ބައިވެރިވެއެވެ.

ޚާއްޞަ އިންޓަވިއު :

މިލިޔުމާއި ގުޅޭ :

ޑިމެންޝިއާ އަކީ ކޮބާ؟ [ލީފްލެޓް]

ޑިމެންޝިއާ، ޢާއްމު 10 ޢަލާމާތެއް

އިތުރު ލިޔުން:

އަލްޒައިމާސް ސޮސައިޓީގެ ޚާއްޞަ ޙަރަކާތެއް އައްޑޫ ސިޓީގައި ބާއްވައިފި

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.