ޓޫރިޒަމް މިނިސް ޢަބްދުﷲ މައުސޫމް، ކޮވިޑަށްފަހު ގިނަ ފަތުރުވެރި ވިފާރިތައް އަދިވެސް އޮތީ އެ އަޑިގަނޑުން އަރައިނުގަނެވި

ހަބަރު

ޓޫރިޒަމާއި ގުޅޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޓެކްސް ސަރުކާރަށް ނުލިބި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 އޮކްޓޯބަރ 2022 , ބުދަ 08:29   231

ޓޫރިޒަމް އިންޑަސްޓްރީ އަކީ ދިވެހިރާއްޖޭގެ ޢާމްދަނީގެ އެންމެ ބޮޑު ޙިއްޞާއެއް އޮންނަ އިންޑަސްޓްރީއެވެ. ފާއިތުވެދިޔަ ކޮވިޑްގެ ބިޔަ ރާޅާއިއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް ވަނީ އެކަމުން ބޮޑު އަސަރެއް ކޮށްފައެވެ.

އޭރު ސަރުކާރުން ފޯރުކޮށްދިން ރިލީފް ފަންޑުތަކާއިއެކު ވަރަށް ގިނަ ވިޔަފާރިތައް ބަނގުރޫޓުނުވެ ހިފަހައްޓާލެވުނު ނަމަވެސް، އަދިވެސް އޭރުގެ ނުދެއްކި ހުރި ބިލްތައް ގިނަކަން ފާހަގަކުރެވިފައިވެއެވެ. ބައެއް ގެސްޓްހައުސްތަކުގެ ކަރަންޓު ބިލުތަކަށް އެކަނިވެސް އެތައް ލައްކަ ރުފިޔާއެއް ނުދެއްކި އެބައޮތެވެ.

އެންމެ ފަހުން ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުލިބި އެބަހުއްޓެވެ.

ޓޫރިޒަމުން ނަގާ ޓެކްސް ނުވަތަ ޓީ-ޖީއެސްޓީ އާއި ގްރީން ޓެކްސް އެކުކޮށް ބަލާއިރު، އޯގަސްޓްމަހުގެ ނިޔަލަށް ދައްކަންޖެހޭ ޖޫރިމަނާތަކާއިއެކު، ދައުލަތަށް ލިބެންޖެހޭ އެއްބިލިއަން ރުފިޔާ އެބައޮތެވެ.

މީގެތެރެއިން ބޮޑު ބައެއް ހިމެނިފައިވާކަމަށް ދައްކަނީ ޓީ-ޖީއެސްޓީ އިންނެވެ. މިގޮތުން، މި އެއްބިލިއަން ރުފިޔާގެ ތެރެއިން ޓީ-ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ނުލިބި އޮތް 872 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓެގްސް: ޓޫރިޒަމް ޓެކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.