ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިޙް އަދި އައްޑޫ ސިޓީ މޭޔަރ ނިޒާރު ބައިވެރިވެވަޑައިގަންނަވަނީ

ހަބަރު

މަރަދޫފޭދޫ ބަނދަރުގެ މަސައްކަތް ޤަވާއިދާއި ޚިލާފުވުމުން 120،000ރ. އިން ޖޫރިމަނާކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 އޮކްޓޯބަރ 2022 , ބުދަ 10:10   291

ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޙަވާލުކުރެވިގެން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީ މަރަދޫފޭދޫ ބަނދަރު ހެދުމުގައި، އެންވައިރޮންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ އުސޫލްތަކާއި ޚިލާފްވެފައިވާތީ، އެއިދާރާއިން ފިޔަވަޅު އަޅައިފިއެވެ.

އީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަދުވަހު ދެވިފައިވާ ހުއްދަ އާއި ހުށަހެޅުނު ރިޕޯޓާއި ޚިލާފަށްކަމަށެވެ.

އިތުރަށް އެ ބަޔާނުގައިވާގޮތުން، ކޮންޓްރެކްޓަރަށް ތިން ފަހަރަށް، ޤަވާއިދާއި އެއްގޮތަށް މަސައްކަތް ގެންދިއުމަށް ނަސޭޙަތްދެވިފައިވާކަމަށެވެ. ހަމަ އެއާއި އެކު ކޮންޓްރެކްޓަރަށް 7،800 ޑޮލަރުން ޖޫރިމަނާކުރާނެކަމުގެ އިންޒާރުވެސް ދެވިފައިވާކަމަށެވެ.

އީޕީއޭ އިން ވަނީ މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗާރ އަށް ފިޔަވަޅުއަޅައި 120،000 (އެއްލައްކަ ވިހި ހާސް) ރުފިޔާ އިން ޖޫރިމާނާކޮށް، 60 ދުވަސް ތެރޭގައި އަލުން ތިމާވެއްޓަށްކޮށްފައިވާ އަސަރުތައް އީއައިއޭ ކޮންސަލްޓެންޓެއް މެދުވެރިކޮށް ހުށަހެޅުމަށް އަންގާފައެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިނިސްޓްރީގެ އޮފީހުން މަޢްލޫމާތު ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ޓެގްސް: އީޕީއޭ ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.