ހަކުރު ބެލުމަށް ބޭނުން ކުރާ ގްލޫކޯމީޓާ

ހަބަރު

ހަކުރު ބަލި، 65 އިންސައްތަ ދިވެހިންނަށް އޮތް ބޮޑު ބިރެއް

ރާނިއާ - ދިވެހި ރާއްޖެ | 22 އޮކްޓޯބަރ 2022 , ހޮނިހިރު 09:23   269

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް)ގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ދިވެހިންގެތެރެއިން، ގާތްގަނޑަކަށް ކޮންމެ 10 މީހަކުން 7 މީހަކަށް، ހަކުރު ބަލި ޖެހުމުގެ ނުރައްކާ އެބޮތް ކަމަށް ދައްކައެވެ.

އެއިދާރާގެ ދިރާސާތައް ދައްކާގޮތުން 65 އިންސައްތަ އިންސައްތަ ދިވެހިންނަށް ހަކުރު ބަލި ޖެހުމުގެ ނުރައްކާ އެބޮތެެވެ.

ޑީއެމްއެސް ގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން، އެޖަމިއްޔާއިން ދިވެހިރާއްޖޭގައި ތަފާތު އެކި މީހުންގެ ހަކުރު ޓެސްޓުކުރުމުން އެހާލަތު އުފެދުމުގެ ނުރައްކާ އޮތް ގްރޫޕްތައް ގިންތިކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ވެސް ބުނެފައެވެ.

"މިކަން ހައްލުކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅައިފި ކަމަށްވާ ނަމަ ހަކުރު ބަލި ހުރި މީހުންގެ އަދަދު ގިނަވެގެން ދާނެ" ޝިރުހާނާ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން ބުނެފައިވެއެވެ.

މިއަހަރު ޑީއެސްއެމް އިން ލޯކަލް ގަވަރމަންޓްތަކާ ގުޅިގެން ބައެއް ރަށްތަކުގައި ސްކްރީނިން ޕްރޮގްރާމްތައް ހިންގި ކަމަށް ޝިރުހާނާ ވިދާޅުވިއެވެ.

ޝިރުހާނާ ބުނާ ގޮތުގައި ސްކްރީނިން ޕްރޮގްރާމްތަކަށްފަހު، މުއައްސަސާތަކާ މަޢްލޫމާތު ހިއްސާކޮށް، ލަފާ ދީ، އިސްލާހީ ފިޔަވަޅު އެޅުމަށް އެމީހުންނަށް އިލްތިމާސްކުރެވެއެވެ.

ޓައިޕް 2 ހަކުރުބަލި އާންމުކޮށް ފެންނަނީ ބޮޑެތި މީހުންގެ ފަރާތުން ކަމުގައިވިޔަސް ، މި ބަލި ޖެހިފައިވާ ޒުވާނުންގެ އަދަދު އިތުރުވަމުންދާކަމަށް ޑީއެމްއެސްގެ މެޑިކަލް އޮފިސާ ޑރ. އާމިނަތު މަލްޙާ ސައީދު ވިދާޅުވެފައިވެއެވެ.

"ރިޕޯޓްތަކުން ދައްކާގޮތުގައި ޓައިޕް 2 ހަކުރުބަލި ހުންނަ މީހުން، ހާއްސަކޮށް ފުރާވަރު އުމުރުގެ ކުދިން އެމީހުންގެ އުމުރަށް ބަލާއިރު ބަރުދަން އިތުރު. އެމީހުން ކަސްރަތާއި ދުރުވެ ކެއުމުގެ އާދަތައް ގޯސްކަން ވެސް ފާހަނގަ ކުރެވޭ." ޑރ. މަލްޙާ ބުނުއްވައިފައިވެއެވެ.

ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންނަށް ޑޮކްޓަރު ލިޔެދޭ ބޭސްތަކުން ފައިދާ ލިބިދާނެ ކަމަށްވިޔަސް، ޓައިޕް 1 ހަކުރުބަލީގެ މީހުންނަށް ފަރުވާ ދިނުމުގައި އޮތީ އެންމެ ގޮތެއް؛ އެއީ އިންސިއުލިންއެވެ. ޒުވާނުންނަށް ޓައިޕް 1 ހަކުރުބަލި ޖެހެނީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ހޯދިފައިނުވެއެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.