ޤަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމް

ކުޅިވަރު

ދެން އަންނަ އޭޝިއަން ކަޕް ބާއްވާނީ ގަތަރުގައި

ރާނިއާ - އޭޝިއާ | 20 އޮކްޓޯބަރ 2022 , ބުރާސްފަތި 09:51   168

ދެން އަންނަ އޭޝިއަން ކަޕް މިހާރު ވަނީ ޗައިނާގެ ބަދަލުގައި ޤަތަރުން ބާއްވަން ހަމަޖެހިފައި ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ ހޯމަ ދުވަހު އިއުލާން ކޮށްފައެވެ. އަދި މީގެ އިތުރުން ގަލްފްގެ ހޫނު މޫސުމުގެ ހޫނުކަމުން ސަލާމަތްވުމަށްޓަކައި 2023 ވަނަ އަހަރުގެ މެދުތެރެއިން 2024 ވަނަ އަހަރުގެ ކުރީކޮޅު މުބާރާތް ބަދަލުކުރާނެ ކަމަށް ބެލެވެއެވެ.

މި އިވެންޓް ބާއްވަން ހުށަހެޅި ބިޑް ޗައިނާއިން 2019 ވަނަ އަހަރުގެ ޖޫން މަހު ކާމިޔާބުކުރި ނަމަވެސް މެއި މަހު ޗައިނާއިންވަނީ އެމީހުންގެ 'ޒީރޯ ކޮވިޑް ޕޮލިސީ' އާއި ގުޅިގެން ފަހަތަށް ފިޔަވަޅެއް އަޅާފައެވެ. މިހެންވެ އޭއެފްސީން 24 ޓީމުގެ ފްލެގްޝިޕް ފިރިހެން މުބާރާތަށް އާ ހޯސްޓެއް ހޯދުމަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިގެންދިޔައެވެ.

އޭއެފްސީ އިން ބިޑިން މަރުހަލާ އަނެއްކާ ހުޅުވައި، ހޯމަ ދުވަހު ބޭއްވުނު ކޮމިޓީ މީޓިންއެއްގައި ވޯލްޑް ކަޕް ފައިނަލް މެޗުތައް ނޮވެމްބަރު 20-ޑިސެމްބަރު 18 ހޯސްޓް ކުރާ ޤަތަރަށްވަނީ ދެކުނު ކޮރެއާ އާއި އިންޑޮނޭޝިއާގެ ބިޑްތަކަށްވުރެ އިސްކަން ދެވިފައެވެ.

"ބައިނަލްއަގްވާމީ ބޮޑެތި ކުޅިވަރު އިވެންޓްތައް ގާބިލްކަމާއިއެކު ބާއްވަން އެނގޭކަން ގަތަރުގެ ޓްރެކް ރެކޯޑުން ދައްކައިދޭ. އަދި އެމީހުން ތަފްސީލަށްދޭ ސަމާލުކަމަކީ ދުނިޔޭގެ ފެންވަރުގައި ތައުރީފު ލިބިގެންދާ ކަމެއް." އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ޤަތަރުންވަނީ ހަތް ސްޓޭޑިއަމެއް ހަދައި 32 ޓީމު ހިމެނޭ ވޯލްޑް ކަޕް ފައިނަލް ބާއްވަން ވެރިރަށް ދޯހާގައިވާ އިތުރު ދަނޑެއްވެސް އަޕްގްރޭޑްކޮށްފައެވެ. އޭޝިއަން ކަޕަށް އެ އަށް ސްޓޭޑިއަމްވެސް ބޭނުން ކުރުމަށް ގަތަރު ފުޓްބޯޅަ އެސޯސިއޭޝަން (ކިއުއެފްއޭ) އިން ހުށަހަޅައިފައިވާކަން ވެސް ތަރުޖަމާނު އަލީ އަލް ސަލާތު ބުނެފައިވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.