ހިތަދޫ ކެމްޕަހުގައި ބުދަދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން

ހަބަރު

އެމްއެމްޔޫ ނާސިން ދަރިވަރުންނަށް ހުވާ ލައިދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 އޮކްޓޯބަރ 2022 , ބުދަ 15:59   555

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ހިތަދޫ ކެމްޕަހުގައި ނަރުސްކަން (ނާސިންގ) ކިޔަވާ ދަރިވަރުންނަށް ހުވާ ލައިދިނުމަށްޓަކައި ރަސްމިއްޔާތެއް ބާއްވާއިފިއެވެ.

މިރަސްމިއްޔާތު ބޭއްވުނީ އެމްއެމްޔޫ ހިތަދޫ ކެމްޕަހުގެ އޯޑިޓޯރިއަމްގައެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުން މަޢްލޫމާތު ދެއްވިގޮތުގައި މީގެކުރިން ހުވާ ލައިދިނުން ބާއްވަމުން އައީ ކިޔަވައިނިމޭތަނުން ބާއްވާ ގްރެޖުއޭޝަން ޙަފްލާގެތެރެއިންނެވެ. ނަމަވެސް މިހާރު ހުވާލައިދިނުން ބާއްވަމުން އަންނަނީ ކިޔެވުމުގެ ތެރެއިންނެވެ. މިގޮތުން ކޮންމެ އަހަރަކު ވެސް އެއްފަހަރު މި ހަފްލާ ބާއްވާއިރު، ކުރީ އަހަރުތަކުގައި ޙަފްލާގައި ބައިވެރިނުވެވޭ ދަރިވަރުންނަށް ހުވާލައިދިނުން އަންނަނީ ބާއްވަމުންނެވެ. ނާސިންގ އަކީ އިންސާނީ ޚީދުމަތަކަށް ވެފައި، މިހުވާގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން ޢަމަލީ ތަޖުރިބާއަށް ވަނުމުގެ ކުރިން، ބަލަންޖެހޭ މުހިއްމުކަންކަމަށް ސަމާލުކަން ދިނުންކަމަށެވެ.

މިފަހަރުގެ ހުވާ ލައިދިނުމުގައި އެމްއެންޔޫ ސްކޫލް އޮފް ނާސިންގ ގެ 55 ދަރިވަރަކަށް ހުވާލައިދިނުން އޮތެވެ. ހުވާލައިދެއްވީ އައްޑޫ ހައިސްކޫލްގެ ޓީޗަރ، ޢަލީ ޝައުޒޫން އެވެ.

މިހުވާގައި އިޤްރާރުވި، ފާހަގަކުރެވޭކަންކަމުގެ ތެރޭގައި:

  • އެނގިހުރެ މީހަކަށް ގެއްލުމެއް ނުދިނުން
  • ޙަވާލުކުރެވޭ ހުރިހާކަމެއް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއިއެކު އަދާކުރުން
  • ސިރުތައް އިތުބާރާއިއެކު ހިފެހެއްޓުން

މިޙަފްލާ ޝަރަފްވެރިކޮށްދެއްވީ މަރަދޫ ހެލްތް ސެންޓަރގެ ޗީފް ކްލިކަލް ނާސް ސާއިމާ ޢަލީ ދިދީ އެވެ.

ހަފްލާގެ ފޮޓޯތައް:

ޓެގްސް: ރާއްޖޭގައި ބޭއްވޭ އިވެންޓުތައް އައްޑޫގައި ބޭއްވޭ އިވެންޓްތައް އެމްއެންޔޫ ހިތަދޫ ކެމްފަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.