މެލޭޝިޔާ އިލެެކްޝަންސް ކޮމިޝަންގެ ރައީސް، އަބްދުލް ގާނީ ސާލޭ

ހަބަރު

މެލޭޝިއާ، އިންތިޚާބު ނޮވެމްބަރު 19ގައި، ކެމްޕޭނަށް އޮތީ އެންމެ ދެހަފްތާ

ރާނިއާ - މެލޭޝިޔާ | 21 އޮކްޓޯބަރ 2022 , ހުކުރު 10:53   253

މެލޭޝިޔާގެ އާންމު އިންތިހާބު ވަނީ މި އަންނަ ނޮވެންބަރު މަހު 19 ވަނަ ދުވަލު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުރާސްފަތި ދުވަހު ބުނެފައެވެ. މެލޭޝިއާއިން ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ،އިލެކްޝަން ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފައިވާއިރު، ސިޔާސީގޮތުން ބޮޑެތި ތުޙުމަތުތަކެއް ކުރެވި ބަލިކަށިވެފައިވާ ވެރިންކުރާ ޕާޓީން އަންނަނީ ޕަޓީ ވަރުގަދަކޮށް ވެރިކަން ދަމަހައްޓަން މަސައްކަތްކުރަމުންނެވެ

އިދިކޮޅު ފަރާތްތައް ހަލަބޮލިވެފައި އޮތް އޮތުމުގެ ސަބަބުން ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (ޔޫއެމްއެންއޯ) ކުރިއެރުންތަކެއް ހޯދުން އެކަށީގެންވެއެވެ. އަދި އިންތިޚާބުތަކަށް އޮންނަ ޝައުގުވެރިކަން ކުޑަވުމާއި، ކުރިޔަށް އޮތީ ވިއްސާރަ ދުވަސްތަކަކަށް ވުމުން، ވޯޓުލާން ނިކުންނާނެ މީހުންގެ އަދަދުވެސް މަދު ވާނޭކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިގްތިސާދީ ޔަގީންކަން ކުޑަ މިދުވަސް ވަރުތެރޭ ޔޫއެމްއެއެންއޯއައި ވޯޓުލާ މީހުން އަހުލުވެރިވުމަކީވެސް އެޕާޓީއަށް އޮތް ފާއިދާއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓުން ކުރިމަތިލާން ޖެހޭނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަބްދުލް ގާނީ ސާލޭ ބުރާސްފަތި ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބުނެފައިވެއެވެ. ކެމްޕޭން ކުރިޔަށް ދާނީ 2 ހަފްތާއަށެވެ.

112 ގޮނޑި- ސިމްޕަލް މެޖޯރިޓީ ކާމިޔާބު ކުރާ ޕާޓީ އަކުން ދެން އަންނަ ސަރުކާރެއް އެކުލަވާލާނެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.