އިލެކްޓްރިކް ކާރެއް ޗާޖުކުރަނީ

ވިޔަފާރި

ސައުދީ އަރަބިޔާއިން 2026 ވަނަ އަހަރު 150،000 އިލެކްޓްރިކް ކާރު އުފައްދާ، އެކްސްޕޯޓް ކުރާނެކަމަށް ބުނެފި

ރާނިއާ - މެދުއިރުމަތި | 22 އޮކްޓޯބަރ 2022 , ހޮނިހިރު 10:13   310

ލޫސިޑް ޕީޓާ ރޯލިންސަންގެ ސީއީއޯ (އަދި ޗީފް އޮފް ޓެކްނޮލޮޖީ) އީވީ ޖަޔަންޓް، އެ ކުންފުނިން ސައުދީ އަރަބިޔާގައި 2026 ވަނަ އަހަރު 150،000 އިލެކްޓްރިކް ކާރު އުފައްދާ، އެކްސްޕޯޓް ކުރާނެކަމަށް ބުނެފައިވެއެވެ.

ލޫސިޑް ޕީޓާ ރޯލިންސްގެ ސީއީއޯވަނީ އީވީ ޖަޔަންޓް ބުނީ އެ ކުންފުނިން ވަރަށް އަވަހަށް ސައުދީ އަރަބިޔާގައި ފެކްޓްރީއެއް އަޅަން ފެށުމަށް ގަސްތުކުރާ ކަމަށް ބުނެފައެވެ. "އަޅުގަނޑުމެން ރާވާފައި އޮތީ 2025 ވަނަ އަހަރު ކާރު އުފެއްދުމުގެ މަސައްކަތް ފެށުމަށް، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު އުފެއްދުން އިތުރުކޮށް އަހަރަކު 150،000 ކާރު އުފެއްދުން އަޅުގަނޑުމެންގެ އަމާޒަކީ." އޭނާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ލޫސިޑްގެ އަތުން 50،000 އާއި 100،000 އާއި ދެމެދުގެ އަދަދަކަށް އިލެކްޓްރިކް ވެހިކަލް ގަތުމަށް އޯޑަރު ކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން މިދިޔަ އޭޕްރީލް މަހު ވަނީ އިއުލާންކޮށްފައެވެ. އެ ކުންފުންޏަށް އިންވެސްޓް ކުރުމަކީ ވިޝަން 2030 ގެ ޕްލޭންތަކުގެ ތެރެއިން، ތެލާ ދުރަށް ގައުމުގެ އިގްތިސާދު ގެންދިޔުމަށް ކުރާ ފުޅާ މަސައްކަތުގެ ބައެކެވެ.

މިޕްލޭންގެ ބޮޑު އެއް އަމާޒަކީ މި ދިހަ އަހަރު ނިމޭއިރު ވެރިރަށް ރިޔާޒުގެ މަދުވެގެން 30 އިންސައްތަ ދުއްވާއެއްޗެހި އިލެޓްރިކް ކުރުމަށެވެ.

ޓެގްސް: ތިމާވެށި ސައުދީ ޢަރަބިއާ ކާރު އިލެކްޓްރިކް ކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.