ދިވެހި ރާއްޖޭގެ ރައީސް، އިބްރާހިމް މުޙައްމަދު ސޯލިޙް

ހަބަރު

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މިރޭ ޤަައުމާއި މުހާތަބުކުރައްވާނެ

ރާނިއާ - ދިވެހި ރާއްޖެ | 20 އޮކްޓޯބަރ 2022 , ބުރާސްފަތި 14:32   194

މިރޭ 8:30 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ސޯލިޙް ޤައުމާއި މުޙާތަބުކޮށް ވާހަކަދައްކަވާނެއެވެ.

ޤައުމީ އިނާމަކީ ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި، ދިވެހިދ ދަރީން ކުރަމުން ގެންދާ މަސައްކަތައި، އެމީހުންގެ ކުރިއެރުން ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކުރުމުގެ އިތުރަށް ހިތްވަރުދިނުމަށް ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބޭ 10 ބޭފުޅަން އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބޭ 19 ބޭފުޅުން ހިމެނެއެވެ.

ޤައުމީ އިނާމު މިއަހަރު 34 ދާއިރާއަކަށް ހުޅުވާލައިފައިވާއިރު، ފާއިތުވެގެންދިޔަ އަހަރުތަކައި އެއްފަދައިން މިއަހަރުވެސް އިނާމަށް ހުށައެޅުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކާ، ކުންފުނި، ޖަމުޢިއްޔާ ޖަމާޢާތަކަށްވެސް ހުޅުވާލެވިގެން ދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންވަނީ މިއަހަރުވެސް ބޭފުޅުން ހޮވާލައްވައިފައެވެ. އަދި މީގެ އިތުރުން މިފަހަރު ޤައުމީ އިނާމު ލިބޭ 10 ބޭފުޅުންގެ ތެރޭގައި 5 ފަރާތަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ބޭފުޅުންކަމަށްވެސް ފާހަނގަކޮށްލެވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.