ކ.ހުރާ، ފާއިތުވެދިޔަ އެއްމަސްތެރޭގައި 210 އެނދު ގެސްޓްހައުސްތަކުން އިތުރުކޮށްފައިވޭ، ގިނަ ގެސްޓްހައުސްތައް ހުރީ މާލެ ސަރަޙައްދުގައި

ހަބަރު

ރާއްޖޭގެ ގެސްޓްހައުސްތަކުގެ ޖުމްލަ އެނދު ސާދަ ހާހަށް

ރާނިއާ - ދިވެހި ރާއްޖެ | 22 އޮކްޓޯބަރ 2022 , ހޮނިހިރު 19:58   305

ފާއިތުވެދިޔަ އެއް މަސްދުވަސް ތެރޭގައި ގެސްޓްހައުސްތަކުން 210 އެނދުގެ އޮޕަރޭޝެނަށް އިތުރުކޮށް، މިހާރު ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގައި ހުރި ޖުމްލަ އެނދުގެ އަދަދު 14000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވާގޮތުން، މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް 855 ގެސްޓްހައުސް އަކުން ޖުމްލަ 14006 އެނދު އޮޕަރޭޝަނަށް ގެނެސްފައިވެއެވެ.

ގެސްޓްހައުސްތަކުން އެންމެ ގިނަ އެނދުު ނެރެފައިވަނީ ކ. އަތޮޅުންނެވެ. އަދި އެއަށް ފަހު އއ. އަދި އދ. އަތޮޅުންކަން ތަފާސް ހިސާބުން ފެނެއެވެ. އެއީ ކ. އަތޮޅަށް 7465 އެނދައި، އއ. އަތޮޅަށް 1876 އެނދައި، އދ. އަތޮޅަށް 1178 އެނދެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖެއަށް އޮޕަރޭޝަނަށް ގެނެސްފައިވަނީ ޖުމްލަ 54861 އެނދުކަމަށް ވުމާއެކު މި މަހު އެއަދަދު 58671 އަށް ވަނީ އިތުރުވެފައެވެ. މިހެންކަމުން 210 އެނދު ވަނީ މަސްދުވަހެއް ތެރޭގައި އިތުރުވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގައި މިހާރު އޮޕަރޭޓްކުރާ ޓުއަރިޒަމް ފެސިލިޓީތަކުގެ ތެރެއިން 164 ރިސޯޓު، 855 ގެސްޓުހައުސް، 3 ހޯމް ސްޓޭ ފެސިލިޓީ، 156 ސަފާރީ، 13 ހޮޓާ ހިމެނޭހެން ޖުމްލަ 1191 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުކުރެވެން އޮންނަނީ އޮޕަރޭޓް ކުރާ އެނދު ގިނަކުރެވިގެންނެވެ. މިދިޔަ އަހަރު މިމުއްދަތާ ހަމަޔަށް ރާއްޖެއަށް އައިސްފައިވަނީ 949605 ފަތުރުވެރިންނެވެ. މި އަދަދު ވަނީ މި އަހަރު 34.3 އިންސައްތަ އިތުރުވެ 1.27 މިލިއަނަށް ވުރެ ގިނަވެފައެވެ.

ޓެގްސް: ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.