އިންޑިޔާއިން ވަނީ ގޫގުލް 162 މިލިއަން ޑޮލަރުގެ ޖޫރިމައިނާއެއްކޮށްފަ

ވިޔަފާރި

އިންޑިއާއިން، ގޫގުލް ކުންފުނި 160 މިލިއަން ޑޮލަރުން ޖޫރިމައިނާކޮށްފި

ރާނިއާ - އިންޑިއާ | 24 އޮކްޓޯބަރ 2022 , ހޯމަ 10:43   194

ކެލެފޯނިއާގައި ހުންނަ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ކުންފުންޏަކީ، އިންޑިޔާގައި ބޭނުންކުރާ ފޯނުތަކުގެ 95 އިންސައްތަ ފޯނު ހިންގަން ބޭނުންކުރާ އޮޕަރޭޓިންގ ސިސްޓަމް (އޯއެސް) ކުންފުނި ކަމަށް ކައުންޓަރޕޮއިންޓްގެ ދިރާސާތަކުން ދައްކައިދެއެވެ.

ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިޔާ (ސީސީއައި) އިން ބުނެފައިވާ ގޮތުގައި ގޫގުލްއިންވަނީ އޮންލައިން ސަރޗް އަދި އެޕް ސްޓޯރ ފަދަ މާކެޓްތަކުގައި އެންޑްރޮއިޑްގެ މައްޗަށް ޑޮމިނެންޓް މަގާމު ލެވެރެޖް ގޮތުގައި ބޭނުން ކޮށްފައެވެ. މިއީ މޯބައިލް ވެބް ބްރައުޒާތަކާއި އޮންލައިން ވީޑިއޯ ހޯސްޓިންގ ގައި ކްރޯމް އަދި ޔޫޓިއުބް ފަދަ ތަކެތި އެޕްތަކުގެ މަގާމު ޔަގީންކުރުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅެއްކެވެ.

އަދި ސްމާޓްފޯނު އުފައްދާ ކުންފުނިތަކާއެކު ގޫގުލްގެ ވަކި އާމްދަނީ ބަހާ އެއްބަސްވުންތަކެއް ހެދުން ވެސް ސީސީއައި އިން ވަނީ މަނާކޮށްފައެވެ. އެއީ މިފަދަ ކަންކަމުގެ ސަބަބުން ގޫގުލްގެ ސަރޗް ސާވިސްތަކަށް މޮނޮޕޮލައިސްކޮށް، "ވާދަވެރިން މުޅިން ބާކީކޮށް" އެކްސްކްލޫސިވިޓީ ހޯދުމަށް އެހީތެރިވެދޭކަމަކަށް ވާތީއެވެ.

ގޫގުލްއިން މިއަމުރުތަކާއި ބެހޭ ގޮތުން އަދި އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.

އެންޑްރޮއިޑް އާއި ގުޅޭ މިމައްސަލަ ވަނީ 2019 ވަނަ އަހަރު އިންޑިއާގެ އެންޓިޓްރަސްޓް ރިސާޗްގެ ތެރެއިން ޖޫނިއާ ދެ އެސޯސިއޭޓުންގެ އިތުރަށް ލޯ ސްކޫލް ދަރިވަރެއްގެ ޝަކުވާއަކައި ގުޅިގެން ބަލަންފަށައިފައެވެ. އިންޑިޔާގެ މިމަައްސަލައާ އެއްފަދައިން ޔޫރަޕްގައިވެސް އެންޑްރޮއިޑް ޑިވައިސްތަކުގައި ގޫގުލް އެޕްތައް ޕްރީ އިންސްޓޯލް ކުރަން އުފެއްދުންތެރިންނަށް މަޖުބޫރު ކުރާކަމައި ގުޅޭ މައްސަލައެއްގައި ގޫގުލްއަށް ވަނީ 5 ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.