މެންޗެސްޓާ ސިޓީގެ ސްޓްރައިކާ، އާލިން ހާލަންޑް

ކުޅިވަރު

އާލިން ހާލަންޑް ދުނިޔޭގެ އެންމެ ފުރަތަމަ 1ބިލިއަން ޕައުންޑުގެ ކުޅުންތެރިއަކަށް ވެދާނެ : ރަފައެލާ ޕައިމެންޓާ

ރާނިއާ - އައްޑޫ އަތޮޅު | 24 އޮކްޓޯބަރ 2022 , ހޯމަ 11:23   330

އާލިން ހާލަންޑްގެ އެޖެންޓް ރަފައެލާ ޕައިމެންޓާ ވަނީ ހާލަންޑް ދުނިޔޭގެ އެންމެ ފުރަތަމަ 1 ބ. ޕައުންޑުގެ ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފައެވެ.

ހާލަންޑް ޑޯޓްމަންޑް އިން ރިލީޒްކުރިފަހުން، އޭނާގެ ފުޓުބޯޅަ ކެރިއަރު ވަނީ ވަރަށް ރަނގަޅު މިޞްރާބަކަށް ދަތުރުފަށާފައެވެ. އީއެސްޕީއެން ބުނާގޮތުން މިރިލީޒްގެ އަގު 60 މިލިއަން ޕައުންޑަށް އަރައެވެ.

22 އަހަރުގެ ކުޅުންތެރިޔާ ހާލަންޑް ވަނީ ސިޓީގެ މި ކެމްޕޭނުގައި މުބާރާތްތަކުގެ ކުޅެފައިވާ ޖުމްލަ 14 މެޗުން 20 ގޯލް ޖަހާފައެވެ. އަދި މިއީ ހާލަންޑްގެ އެޖެންޓް ޕައިމެންޓޯ އޭނާއަށް ސޮއިކުރުމަށް އެއް ބިލިއަން ޕައުންޑް ލިބިދާނޭ ކަމަށް ގަބޫލުކުރާ ސަބަބެކެވެ.

"އޭނާގެ ފުޓުބޯޅަ ކުޅުމުގެ އަގު، އޭނާގެ އިމަޖް ވެލިއުއާއި އޭނާގެ ސްޕޮންސަރ ވެލިއު އެއްކޮށްލީމާ 1 ބިލިއަން ޕައުންޑް ހަމަވާނޭކަން ޔަގީން" ހާލަންޑްގެ ޓްރާންސްފާ ފީއައި ބެހޭގޮތުން ސްކައި ސްޕޯޓްޓްސްއާއި ވާހަކަ ދައްކަމުން ޕައިމެންޓާ ބުނެފައިވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.