އައިފޯން 14 ޕްލަސް

ހަބަރު

ވިކުން މަޑުޖެހި، އައިފޯން 14+ އުފައްދާ މިންވަރު ދަށްކުރަނީ

ރާނިއާ - ދުނިޔެ | 22 އޮކްޓޯބަރ 2022 , ހޮނިހިރު 20:09   264

އެޕަލްއިން ދާދި ފަހުން ވަނީ އައިފޯން 14 އަދި 14 ޕްރޯ ސީރީޒްގެ ސިފައިގައި އެންމެ ފަހުގެ އައިފޯން ލައިނަޕެއް ވަނީ ނެރެފައެވެ.

ކުރީފަހަރުތަކާއި ޚިލާފަށް، މިފަހަރު މިނީ ސީރީޒްގެ ބަދަލުގައި އެޕަލްއިންވަނިީ ޕްލަސް ސީރީޒްއެއް ތައާރަފްކޮށްފައެވެ. ނަމަވެސް ކަން ދިމާވެފައިވަނީ ކުޕަޓީނޯ ކުންފުނި، އެޕަލްއިން ހީކުރިގޮތަކަށް ނޫނެވެ.

އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެޕަލްއިންވަނީ އައިފޯން 14 ޕްލަސް މޮޑެލްގެ ޕްރޮޑަކްޝަން ކެޕޭސިޓީ ނުވަތަ އުފައްދާ މިންވަރު ކުޑަކޮށްފައެވެ. މި ފޯނަކީ ހަމަ އައިފޯން 14، ހަމަ އެކަނި ތަފާތަކީ ސްކްރީން ބޮޑުވުމައި 14 އަށްވުރެ ކުޑަތަންކޮޅެއް އަގު ބޮޑު ކަން އެކަންޏެވެ.

ދަ އިންފޮމޭޝަންގެ ރިޕޯޓުތަކުން ދައްކާގޮތުގައި، އެޕަލްއިން ވަނީ ޗައިނާގެ ކުންފުންޏަށް އައިފޯން 14 ޕްލަސްގެ ކޮމްޕޮނެންޓްސް ހެދުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިރުޝާދު ދީފައެވެ. މި ކޮމްޕޮނެންޓްތައް އުފައްދާ އިތުރު 2 ސަޕްލަޔަރަކުންވެސް ވަނީ އުފެއްދުން މަދުކޮށްފަކަން ރިޕޯޓުތަކުން ދައްކައިދެއެވެ.

އެންމެ 100 ޑޮލަރު އިތުރަށް ކަސްޓަމަރުން އައިފޯން 14 ޕްރޯ އިތުރު ފީޗާސްތަކައި އެކު ލިބެން ހުރުމުގެ ސަބަބުން ގިނަ މީހުން ގަންނަނީ އެ ފޯނެވެ. ސްޓޭންޑާޑް އައިފޯން 14 ގަންނަ މީހުންގެ އަދަދު މަދުވުމައިއެކު އެޕަލްއިންވަނީ މި މޮޑެލް އުފެއްދުން އިތުރުކުރުމުގެ ހިޔާލު ދޫކޮށްފައެވެ.

ޓެގްސް: އެޕަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.