އިންސްޓެގްރާމް އެޕް

ޓެކްނޯލޮޖީ

އިންސްޓަގްރާމް އަށް އައު ފީޗާއެއް

ދާނިޝް - އެމެރިކާ | 23 އޮކްޓޯބަރ 2022 , އާދީއްތަ 09:03   366

ދުނިޔޭގެ ފެންވަރުގައި އެންމެ މަޝްހޫރު ފޮޓޯގްރަފީ އަދި ސޯޝަލް މީޑިއާ އެއް ޕްލެޓްފޯމުކަމަށްވާ، އިންސްޓަގްރާމްއަށް އަނެއްކާވެސް އައު ފީޗާއެއް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޓިކްޓޮކާއި އެއްވަރަށް ކުރިއަށް ދިއުމަށްޓަކައި އިންސްޓަގްރާމް އިން ދަނީ އަބަދާއިއަބަދު ބްރޭންޑްތަކަށާއި ކްރިއޭޓަރުންނަށް ވެސް ފައިދާ ކުރާނެ އާ ފީޗާތަކެއް މެދުނުކެނޑި ތައާރަފް ކުރަމުންނެވެ. އެގޮތުން މިފަހަރު އިންސްޓަގްރާމުން އަމާޒު ހިފާފައި ވަނީ ޕޯސްޓު ކުރާ ފޮޓޯތަކާއި ވީޑިއޯތައް ޝެޑިއުލްކޮށް ވަކި ވަގުތެއްގައި ޕޯސްޓު ކުރެވޭ ގޮތަށް ހެދުމަށެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ "މެޓާ" އިން މައުލޫމާތު ދޭގޮތުގައި ޕޯސްޓުތައް ޝެޑިއުލް ކުރެވޭ ފީޗަރއެއް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި މިހާރު މި ފީޗާަރ އޮތީ ބީޓާ މަރުހަލާގައި ކަމަށެވެ.

ބައެއް ޑިވެލޮޕަރުންނަށް ދީގެން މިފީޗާރ ޓެސްޓު ކުރަން ފަށާފައިވާއިރު އާންމުންގެ ތެރެއިންވެސް ބައެއް މީހުންނަށް މި ފީޗަރ ފެންނަ ގޮތް މެޓާއިން ވަނީ ހަދާފައެވެ.

މި ފީޗަރ ތައާރަފްވުމާއި އެކު އިންސްޓަގްރާމަށް ޕޯސްޓެއް ލުމުގެ ކުރިން އެ ޕޯސްޓު ލާން ބޭނުންވާ ވަގުތެއް ކަނޑައެޅޭއިރު އެ ޕޯސްޓު އަމިއްލައަށް ޓައިމްލައިނަށް އަޕްލޯޑް ވުމަށް މަގުފަހިވާނެއެވެ. މި ފީޗަރ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މި ފީޗާރ ނެރޭނެކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ.

ޓެގްސް: އިންސްޓަގްރާމް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.