ޔޫކްރޭންގެ ފުޓްބޯޅަ ލެޖެންޑް، އަންދްރީ ޝެވްޗެންކޯ

ކުޅިވަރު

ހަނގުރާމައިގެ ތެރޭގައި ޔޫކްރޭނަށް ދެމުންއަންނަ ސަޕޯޓަށް އޭސީ މިލާންގެ ޝެވްޗެންކޯ ޝުކުރު އަދާކޮށްފި

ދާނިޝް - ޔޫރަޕް | 24 އޮކްޓޯބަރ 2022 , ހޯމަ 09:56   253

ޔޫކްރޭންގެ ފުޓްބޯޅަ ލެޖެންޑް އަންދްރީ ޝެވްޗެންކޯ ވަނީ ހަނގުރާމައިގެ ހަބޮލިކަމުގައި އޭނާގެ ގައުމަށް ތާއީދުކޮށް އެހީތެރިވެދިނުމަށް އޭސީ މިލާނުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކޮށްފިއެވެ.

އިޓަލީގެ ޓީމަށް 300 އަށް ވުރެ ގިނަ މެޗް ކުޅެދީފައިވާ ކުޅުންތެރިޔާ ޝެވްޗެންކޯ ބުނި ގޮތުގައި އޭނާގެ ކުރީގެ ކްލަބުގެ އެހީތެރިކަމުގެ ސަބަބުން އަނިޔާވެރިކަމުން ފިލައިގެން އުޅޭ ޔޫކްރޭންގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔައެވެ.

އޭސީ މިލާނުގެ ކްލަބު ފައުންޑޭޝަނުން ވަނީ ޔޫކްރެއިނާއި ރަޝިއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ހެލްޕްލައިންތައް ގާއިމްކޮށް ޔޫކްރެއިނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑްރައިޒިންގެ ގިނަ އިވެންޓް ތަކެއް ހިންގާފައެވެ.

"ހަނގުރާމަ ފެށުނު ފަހުން މިލާން ފައުންޑޭޝަނުން ޔޫކްރޭން ރައްޔިތުންގެ ހައްގުގައި ކުރަމުންދަނީ ގަބޫލުނުކުރެވޭފަދަ މަސައްކަތެއް،" ޝެވްޗެންކޯ ބުންޏެވެ.

މިދިޔަ އޮގަސްޓް މަހު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ޝެވްޗެންކޯ ބުނި ގޮތުގައި ހަނގުރާމަ ދިގުދެމިގެން ދާވަރަކަށް ނުރައްކަލަކާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ގިނަ ވާނެކަމަށާއި އެމީހުންގެ މަތިން ހަނދާން ނައްތާނުލުމަށް ތަކުރާރުކޮށް އެދިފައެވެ.

ކިއެވްއާ ކައިރީގައި އޮންނަ އިރްޕިންގެ ސެންޓްރަލް ސިޓީ ސްޓޭޑިއަމް ހަނގުރާމާގެ ސަބަބުން ސުންނާފަތި ވެފާވާއިރު ޝެވްޗެންކޯގެ މިހާރުގެ އަމާޒަކީ އެ ދަނޑުގައި ކުޑަކުދިންނަށް އަލުން ކުޅޭތަން ދުށުން ކަމުގައި އޭނާ ބުނެއެވެ. އޭނާ ވަނީ މިހާތަނަށް "އޭސީ މިލާން ފޯ ޕީސް" ޕްރޮގްރާމާ ގުޅިގެން ގާތްގަނޑަކަށް 200،000 ޑޮލަރު (200،000 ޔޫރޯ) ހޯދުމަށް އެހީތެރިވެދީފަ އެވެ.

ޔޫކްރޭންގެ އެންމެ މަޝްހޫރު އެތުލީޓުންގެ ތެރޭގައި ހިމެނޭ ޝެވްޗެންކޯއަށް ކުޅިވަރަކީ ގައުމު އެއްބައިވަންތަ ކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ. އެގޮތުން އޭނާ ވަނީ އޮގަސްޓް މަހު ޔޫކްރޭންގެ ޕްރިމިއާ ލީގު އަލުން ފެށުމުގެ ފަހަތުގައި ކުރެވުނު މަސައްކަތަށް ތައުރީފުކޮށްފައެވެ.

"އަހަރެމެން ދުނިޔެއަށް ދައްކަން ބޭނުންވަނީ އަހަރެމެން ކުރިއަށް ދާން އުޅޭކަން އަދި ދެން އަހަރެމެން މަސައްކަތް ކުރަނީ އާދައިގެ ދިރިއުޅުމެއް އުޅެން ކަން" ޝެވެޗެންކޯ ބުނިއެވެ.

ޓެގްސް: ފުޓުބޯޅަ ޔޫކްރެއިން ފުޓުބޯޅަ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.