ރާއްޖެއައި ޗައިނާގެ ގުޅުމަށް 50 ވަނަ އަހަރުފުރުނު ރިސެޕްޝަންގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ

ހަބަރު

ޗައިނާ - ރާއްޖެ ގުޅުމަށް 50 އަހަރު

ރާނިއާ - ދިވެހި ރާއްޖެ | 23 އޮކްޓޯބަރ 2022 , އާދީއްތަ 14:14   426

ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޝިންގް ވަނީ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވުނު ޗައިނާ-ރާއްޖެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތައި، ޗައިނާގެ 73 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވައިފައެވެ.

ދެ ގައުމުވެސް މާޒީއައިއެކު އާ ބާބަކަށް މުސްތަޤްބަލު ހުޅުވަމުން، ދެގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ވިސްނަމުން ކުރިއަށް ދިއުމަށް އަމާޒު ކުރަން

~ ވަންގް ލީޝިންގް، ޗައިނާގެ ސަފީރު

ވަންގްގެ ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ތަހުނިޔާގެ މެސެޖުތައް ބަދަލުކުރެއްވިކަން ފާހަގަކުރަމުން، ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ތަރައްގީ ކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ ފާއިތުވެގޮސްފައިވާ އަހަރުތަކުގައި ކޮވިޑް 19 އައި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކައި ކުރިމަތިލުމަށްވެސް ދެގައުމު ގުޅިގެން ކުރި މަސައްކަތަކީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްސްގެ ދަށުން އެއްބާރުލުން ދިނުން ފުންކުރުމުގެ އިތުރުން ހަގީގީ މަލްޓިލޭޓަރަލިޒަމް ދަމަހައްޓައިދިން ކަމެއް ކަމަށްވެސް ލީޝިންގްގެ ވާހަކައިގައި ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އާ ބާރެއް ލިބި، ޗައިނާއާއި ރާއްޖޭގެ ގުޅުމަށް އާ ފުރުސަތުތައް ހުޅުވިގެންދިޔަކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތަކީ ޗައިނާގެ 73 ވަނަ ގައުމީ ދުވަސްވެސް ފާހަގަކޮށްލުމުގެ ގޮތުން ބޭއްވިގެން ދިޔަ ރަސްމިއްޔާތެއް ވެސްމެއެވެ. މިކަމުގައި އޭނާގެ ޝުއޫރުތައް ފާޅުކުރަމުން، ވަންގް ވިދާޅުވީ އޮކްޓޯބަރު މަހު ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ 20 ވަނަ ނޭޝަނަލް ކޮންގްރެސްވަނީ މިހަފްތާގައި ކާމިޔާބައިއެކު ބާއްވާފައި ކަމަށެވެ. މި “ޚާއްސަ ތާރީޚީ މުނާސަބަތުތައް” ފާހަގަކުރުމަށް އެއްވެވަޑައިގަތުމުން އުފާ ފާޅުކުއްރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.