ހޫ ޖިންތައޯ ކޮންގްރެސް އިން ނެރުނު މަންޒަރު

ހަބަރު

ޕާޓީގެ ކޮންގްރެސް ނިމުމަކަށް އައިރު ޗައިނާގެ ކުރީގެ ލީޑަރު ހޫ ޖިންތާއޯ ކުއްލި ގޮތަކަށް ބޭރަށް ނެރެފި

ރާނިއާ - އޭޝިއާ | 23 އޮކްޓޯބަރ 2022 , އާދީއްތަ 15:37   325

ޗައިނާގެ ކުރީގެ އިސް ވެރިޔާ ހޫ ޖިންތައޯ ވަނީ ކުއްލި ގޮތަކަށް ހޮނިހިރު ދުވަހު ބޭއްވުނު ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުން ބޭރަށް ގެންގޮސްފައެވެ. މިއީ އާންމުކޮށް ވަރަށް ކޮރިއޮގްރާފް ކޮށްގެން ބޭއްވޭ ރަސްމިއްޔާތަކަށްވެފައި، މިފަދަކަމެއް ފެނިގެން ދިޔުން މިއީ ވަރަށް ހީނުކުރާ މަންޒަރެކެވެ.

މި ބައްދަލުވުމުގެ ވީޑިއޯއިން ފެންނަ ގޮތުގައި 79 އަހަރުގެ ހޫ އިންނެވީ 'ގްރޭޓް ހޯލް އޮފް ދަ ޕީޕަލް އިން ބެއިޖިންގް' ގެ ކުރީ ސަފުގައި އަޅައިގަންހުރި ހިސާބެއްގައިހުރި މޭޒެއްގައި، މިހާރު ޗައިނަގެ އިސްވެރިޔާ ޗީ ޖިންޕިންގްއައި ޖެހިގެން އިށީނދެވަޑައިގެންނެވެ. އަދި މުވައްޒަފަކު އޭނާ ގާތަށް ދިޔަތަންވެސް ވިޑިޔޯއިން ފެނެއެވެ.

ހޫ އިށީނދެވަޑައިގެން އިންނެވި އިރު މި ފިރިހެން މުވައްޒަފާއި ކުރުކޮށް މުޙާތަބު ކުރެއްވިތަން ފެނިގެން ދިޔައެވެ. އަދި އެމުވައްޒަފު ހޫ އަތުގައި ހިފައި އޭނާ ތެދުކުރުމުން، ޕާޓީގެ ސެކްރެޓޭރިއަޓްގެ ވެރިޔާ ކޮންގް ޝައޮޒޮން ހޫ އައި ދިމާލަށް އައިތަން ފެނިގެން ދިޔައެވެ. ހޫ މިދެމީހުންނައި ވާހަކަ ދެއްކުމަށްފަހު ފަސްޖެހިފައި އިން ގޮތަކަށް ނިކުތެވެ. މައި މޭޒު ފަހަތުގައިން މޭޒުގެ މީހުން މިމަންޒަރު ބަލަން ތިއްބެވެ.

ޗައިނާގެ 'މަތީފަޑީގެ ޕޮލިޓިކްސް' އަލިކަން ފަނޑުވެދާނެތީ، ހޫ ގެންދެވުނު ސަބަބައި ބެހޭ ގޮތުން އާންމު ބަޔާނެއް ނެރުން އެކަށީގެން ނުވެއެވެ. މިފަދަ ވާހަކަތައް ދެއްކުމަކީ ޗައިނާގައި ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަންތަކަށް ވުމުގެ ސަބަބުން ޗައިނާގެ އެއްވެސް މީޑިޔާއަކުން މިކަން ރިޕޯޓްކޮށްފައި ނުވެއެވެ. އަދި ޗައިނާގެ ސޯޝަލް މީޑިޔާއެއްގައިވެސް މިކަން ހިނގައި ދިޔަ ކަމުގެ ހިލަމެއް ވެސް ފެންނަން ނެތެވެ. ނަމަވެސް ޗައިނާއިން ބޭރުގައި މިއީ ކީއްވެގެން ހިނގި ހާދިސާއެއްކަމައި މެދު ވަނީ ވަރަށް ގިނަ ސުވާލުތައް އުފައްދާފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.