ޑަބްލިއުޑީސީ 2022 އަހަރު އައްޑޫ ހައިސްކޫލްގައި ވޯޓުލުން ކުރިއަށްދަނI

ހަބަރު

ވޯޓުލާ މަރުކަޒުތަކުގައި ކުށް ކޮށްފައިވާ މީހުންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އިސްލާހެއް ފާސްކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 25 އޮކްޓޯބަރ 2022 , އަންގާރަ 12:02   172

އިލެކްޝަންސް ކޮމިޝަންއިން ބާއްވާ އިންތިޚާބުތަކުގައި ހަރަކާތްތެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނައި، އޮބްޒާވަރުންނާއި، މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރޭގައި އިންތިޚާބީ ކުށްކޮށްފައިވާ ތިބޭ މީހުންނަށް އިންތިހާބު ބާއްވާ މަރުކަޒުތަކުގައި ނުތިބެވޭގޮތަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ އިސްލާހެއް ފާސްކޮށްފައެވެ.

އިންތިހާބުތަކާއި ބެހޭ ގަވާއިދުގައި ވަނީ އިންތިހާބު އޮންނަ ދުވަހު އެތަނުގައި އެކި މަގާމުގައި ތިބެން ހުށަހަޅާ މީހުންނަކީ ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވާން ވާނެކަމަށެވެ.

މީގެ ތެރޭގައި:

  • * އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  • * ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  • * އެ އިންތިޚާބަކާބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  • * ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ ވެރިއެއް ކަމުގައި ނުވުން.
  • * ދިވެހި ފުލުހެއް ކަމުގައި ނުވަތަ ސިފައިންގެ މީހެއް ކަމުގައިނުވުން.
  • * ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
  • * އިންތިހާބުގައި އިތުރު މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައިނުވުން

އިލެކްޝަންސް ކޮމިޝަނުން ވަނީ މި ގަވާއިދުތައް އިސްލާޙުކޮށް އިންތިހާބުގައި އެކި މަގާމުގައި ހަރަކާތްތެރިވަމުންދާ މީހުންނަކީ ފާއިތުވެ ދިޔަ 5 އަހަރުގައި އެމީހުންގެ މައްޗަށް އިންތިހާބީ ކުށެއް ސާބިތުވެފައި، ނުވަތަ އިންތިހާބުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑަކައި ހިލާފުވެފައިކަން ސާބިތުވެފައިވާ މީހެއް ނަމަ، އެމީހަކަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަންނަށް ދީފައެވެ.

ޓެގްސް: އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.