އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީއްއި ސައުދީ ޕްރިންސް، ޖޮއިނޓް ޕްރެސް ހާޒިރީ

ހަބަރު

ސައުދީ އަރަބިއާ އާއި އިންޑިޔާގެ ދެމެދުގައި 1،600 ކިލޯމީޓަރުގެ ކަނޑުއަޑީގައި ކޭބަލެއް އަޅަނީ

ރާނިއާ - އައްޑޫ އަތޮޅު | 24 އޮކްޓޯބަރ 2022 , ހޯމަ 10:50   310

ސައުދީ އަރަބިއާ އާއި އިންޑިޔާ އާއި ދެމެދު ސަބްމެރިން ކޭބަލްތަކުން ގުޅުވައި، އިއާދަކުރަނިވި އެނާޖީ ގްރިޑްއެއް އުފައްދަން، ދެ ގައުމުން ވެސް އެނާޖީ ޑިޕްލޮމެސީގެ އާ ޒަމާނަކަށް ފުޅާކުރުމުގެ ގޮތުން ކުރިއަށްދާ ކްރޮސް ކަންޓްރީ ޕްރޮޖެކްޓެއް ފަށާނެކަމަށް އިންޑިޔާގެ މީޑިއާތަކުން ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިމަޝްރޫއު އަށް ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރުގެ ޚަރަދުވާނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޔޫއޭއީ ވެސް މި މަޝްރޫއުގައި ބައިވެރިވާނެކަމަށް ވެލެވެއެވެ. ސަބްމެރިން ކޭބަލް މަޝްރޫއު ގުޖުރާތުގެ މުންދްރާ ބަނދަރުން ފެށިގެން އައްސޭރިފަށުގެ ސިޓީ ފުޖައިރާއާ ގުޅާލުމަށް ހަމަޖެހިފައިވާއިރު، އެ ދެ ސަރަހައްދުގެ ދުރުމިނަކީ ގާތްގަނޑަކަށް 1،600 ކިލޯމީޓަރެވެ. މިކޭބަލް އޮމާން މެދުވެރިކޮށް ގޮސްފިއްޔާ 1،200 ކިލޯމީޓަރަށް ދުރުމިން މަދުވެގެންދެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މީގެ ތިން އަހަރު ކުރިން ޕެޓްރޯލިއަމް އާއި ގުދުރަތީ ގޭހުގެ އޮފިޝަލުން ފީސިބިލިޓީ ސްޓަޑީއެއް ހެދި ނަމަވެސް މި މަޝްރޫއު މިހާރު ކުރިއަށް ދަނީ، ބޮޑުވަޒީރު ނަރެންދަރު މޯދީ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް އަށް އަޅަމުން އަންނަ ބާރުގެ ސަބަބުންނެވެ.

ޓެގްސް: ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.