އިނިއެސްތާ ބާސިލޯނާއަށް ކުޅެފައިވާ އެންމެ ފަހު މެޗުގެ ފޮޓޯއެއް

ކުޅިވަރު

އާންޑްރެސް އިނިއެސްތާ އެނބުރި ބާސިލޯނާއަށް އަންނަން ބޭނުން

ރާނިއާ - ޔޫރަޕް | 24 އޮކްޓޯބަރ 2022 , ހޯމަ 17:14   309

އަންޑްރެސް އިނިއެސްތާ އަކީ 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބުކޮށް، ފުޓްބޯޅައިގެ ދުނިޔޭގައި އޭރު ވެރިކަން ކުރި ބާސިލޯނާގެ މިޑްފީލްޑަރެވެ. އިނިއެސްޓާއައިއެކު އޭރު ބުސްކެޓްސް އަދި ޗާވީއަކީ އޭރުގެ ނަން މަޝްހޫރު ތިން މިޑްފީލްޑަރުންނެވެ. އަދި 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން މުބާރާތް ކާމިޔާބުކުރި ގޯލުވެސް ޖަހާފައިވަނީ އިނިއެސްޓާއެވެ.

އިނިއެސްޓާ ބާސިލޯނާ ދޫކޮށް ދިޔުމަށް ފަހު ފާއިތުވެގެންދިޔަ 4 އަހަރު ވަނީ ވިސެލް ކޯބީގެ ޖަޕަނީޒް [ޖަޕާން] ލީގަށް ކުޅެމުންނެވެ. ނަމަވެސް އޭނާ ބޭނުންވަނީ ކޯޗެއްގެ ގޮތުގައި ނުވަތަ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި އެނބުރި ބާސެލޯނާއަށް ދިއުމަށެވެ.

އިނިއެސްޓާ ޖޯޑީ ވައިލްޑްގެ ޕޮޑްކާސްޓް 'ދަ ވައިލްޑް ޕްރޮޖެކްޓް' ގައި އޭނާ ކޭމްޕް ނޯއަށް އެނބުރި ދިއުމުގެ ފުރުސަތައި ބެހޭ ގޮތުނަ ވާހަކަ ދައްކާފައެވެ.

"ނޫން. އަޅުގަނޑު އެނބުރި ބާސިލޯނާއަށް ދާން ބޭނުން ނުވަނީކީ ނޫން. ނަމަވެސް މިހާރު އެކަމަށް ވަގުތު ފާއިތުވެއްޖެ. މިހާރު ބާސިލޯނާއަށް ކުޅެމުން އަންނަ ކުޅުންތެރިންނައިވެސް އަޅުގަނޑަކަށް ވާދައެއް މިހާރު ނުކުރެވޭނެ. ނަމަވެސް އަޅުގަނޑު ބާސާއަށްދާން ބޭނުން. ކޯޗިންގ ރޯލެއްގައި ނުވަތަ ސްޕޯޓިންގ ޑިރެކްޓަރެއްގެ ރޯލު ދަސްކޮށް މަސައްކަތް ކުރަން ބޭނުން." އިނިއެސްޓާ ބުނެފައިވާކަމަށް ސްޕެއިންގެ ކުޅިވަރުގެ ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯގައި ބުނެފައިވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.