މިއަދު ހަވީރު މަރަދޫ ހެލްތްސެންޓަރުގައި ބަޔަކަށް މަޢްލޫމާތުދީ ސްކްރީކުރަނީ

ހަބަރު

އައްޑޫ ސިޓީގައި، ކެންސަރާއި ބެހޭ މަޢްލޫމާތުދީ ސްކްރީންކުރުމުގެ ޙަރަކާތެއް ޑަބްލިއުޑީސީ އިން ކުރިއަށް ގެންގޮސްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 އޮކްޓޯބަރ 2022 , އާދީއްތަ 21:38   335

އައްޑޫ ސިޓީ ގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިސްނެންގެވުމުގެ މަތިން އެސިޓީގެ ހުރިހާ އަވަށެއްގައި ކެންސަރާއި ބެހޭ މަޢްލޫމާތުދީ ސްކްރީންކޮށްދިނުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ޑަބްލިއުޑީސީގެ ރައީސާ، ނުސްރަތު ރަޝީދު ވިދާޅުވީ މިއީ އެކޮމިޓީގެ ފަރާތުން ހިންގޭ މިފަދަ ފުރަތަމަ ޙަރަކާތް ކަމަށްވިޔަސް ކުރިއަށް އޮތްތަނުގައި، ޚާއްޞަކޮށް އަންހެން ބޭފުޅުންނާއި ގުޅުންހުރި މިފަދަ އެހެން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަމަށެވެ.

މިއީ އަޅުގަނޑުމެން ކޮމިޓީއިން އިސްނަގައި ޚަރަދުކޮށްގެން ހިންގާ އިވެންޓެއް. މިއީ މިފަދަ ފުރަތަމަ ޙަރަކާތް. ދެން މި ޙަރަކާތް ބޭއްވިފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)، އައިއެމްޑީސީ، އަދި އައްޑޫގެ އެހެނިހެން ހެލްތް ސެންޓަރުތަކާއި ގުޅިގެން. މޯލްޑިވްސް ކެންސަރ ސޮސައިޓީއިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވޭ.

~ ނުސްރަތު ރަޝީދު، ޑަބްލިއުޑީސީގެ ރައީސާ

ނުސްރަތު އިތުރަށް ފާހަގަކުރެއްވިގޮތުގައި އައްޑުގެ ރަށްތަކުން 200 އަށްވުރެ ގިނަ މީހުން ހެލްތް ކޭމްޕްތަކަށް ޒިޔާރަތްކޮށް ޚިދުމަތް ހޯދާފައިވާކަމަށެވެ.

މިޙަރަކާތުގެ ފޮޓޯތައް [ފޭސްބުކް ޕޭޖްގައި : އަޅުގަނޑުމެން ފޮލޯކުރައްވާ]

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.