ތުރުކީގެ އިސްތަންބޫލްގައި ބޭއްވުނު އޯއައިސީގެ އިންފޮމޭޝަން މިނިސްޓަރުންގެ 12 ވަނަ ކޮންފަރެންސްގައި އޯއައިސީގެ މެމްބަރު ގައުމުތަކުގެ މަންދޫބުން

ހަބަރު

އޯއައިސީ ސަމިޓުގައި މެމްބަރުން "އިސްލާމުންނަށް އޮންނަ ނަފްރަތު" އާއި ދެކޮޅަށް ތެދުވާނެކަމަށް ވަޢުދުވެއްޖެ

ރާނިއާ - ދުނިޔެ | 25 އޮކްޓޯބަރ 2022 , އަންގާރަ 17:29   161

ތުރުކީގައި ހޮނިހިރު ދުވަހު ބޭއްވި ކޮންފަރެންސެއްގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ ދީނައި ބެހޭގޮތުން ދޮގު މައުލޫމާތު ދިނުމާއި އިސްލާމޯފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރާނެކަމަށް އިއުލާނެއް ފާސްކޮށްފައެވެ.

މިއާއިއެކު މައުލޫމާތު ފެތުރުމާއި، މައުލޫމާތު ލިބިގަތުމަށް މިހާ ފަސޭހަ ދުވަސްވަރެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގައި ސައްހަ ޚަބަރުތައް ފެތުރުމަށް އެ ބައްދަލުވުމުން ވަނީ މީޑިއާތަކަށްވެސް އިލްތިމާސްކޮށްފައެވެ.

އިސްތާންބުލްގައި ހޮނިހިރު ދުވަހު ފެށިގެންދިޔަ އޯއައިސީގެ އިންފޮމޭޝަން މިނިސްޓަރުންގެ އިސްލާމިކް ކޮންފެރެންސަގައި ވަނީ އިސްތާންބުލް ޑިކްލެރޭޝަނެއް ފާސް ކޮށްފައިކަމަށް އޯއައިސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މި އިއުލާނުގެ މަގުސަދަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން މައުލޫމާތު ހިއްސާކުރުން އިތުރަށް ޑިމޮކްރެޓިކް ވެފައިވާ ޑިޖިޓަލް ޒަމާނުގައި ރޭވިގެން ފެތުރެމުންދާ ދޮގު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ.

އެ އިއުލާނުގެ ދަށުން އޯއައިސީގެ މެމްބަރުން ވަނީ ހަރުކަށި ފިކުރުއި، އަނިޔާވެރިކަމާއި، ހައްދުފަހަނަޅައިދިއުން، އަދި ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ކުށްވެރި ކުރާކަމަށް އެންމެން އެއްބަސްވާކަމަށް ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

'ކޮމްބެޓިން ޑިސްއިންފޮމޭޝަން އެންޑް އިސްލާމަފޯބިއާ އިން ދަ ޕޯސްޓް ޓުރުތު އެރާ' ގެ ތީމުގެ ދަށުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި 57 ގައުމެއްގެ މަތީ ފެންވަރުގެ ވަޒީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވީ، އިސްލާމީ ދުނިޔޭގެ މީޑިއާތަކައި މައުލޫމާތުތަކުގައި އެއްބައިވަންތަކަން ދައްކައިދީ، ދީނީ ގޮތުން ފެތުރެމުންދާ ދޮގު މަައުލޫމާތައި ކުރިމަތިލުމަށް ހައްލެއް ހޯދުމަށެވެ.

ޓެގްސް: އިސްލާމްދީން އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.