ޗައިނާގައި މުދާ އުފުލާ އާގުބޯޓުތައް، ފޮޓޯ ؛ ސައުތު ޗައިނާ މޯނިންގް ޕޯސްޓް

ވިޔަފާރި

ޗައިނާގެ އެކްސްޕޯޓް ސެޕްޓެމްބަރު މަހު ދަށްވެ، އެތެރެކުރި މިންވަރު އިތުރުވެއްޖެ

ރާނިއާ - އޭޝިއާ | 26 އޮކްޓޯބަރ 2022 , ބުދަ 08:37   294

ދުނިޔޭގެ ކޮންސިއުމާ ޑިމާންޑް މަދުވުމާއި ގުޅިގެން ޗައިނާގެ ސެޕްޓެމްބަރު މަހު އެގައުމުން ބޭރުކުރި މުދަލުގެ މިންވަރު ވަނީ މަދުވެފައެވެ. ނަމަވެސް ޗައިނާގެ އިގްތިސާދު ކުރިއަށްވުރެ ރަނގަޅުވެފައިވުމާއިއެކު އެތެރެކުރި މިންވަރު ވަނީ އިތުރުވެފައެވެ.

އެތެރެކުރި މިންވަރު ވަނީ ފާއިތުވެގެންދިޔަ މަހުގެ 0.2 އިންސައްތައިން 0.3 އިންސައްތައަށް އިތުރުވެ 238 ބ. ޑޮލަރު ލިބިފައެވެ.

ދިރާސާކުރާ ފަރާތްތަކުން ލަފާކުރި ގޮތުގައި 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާގެ ބޭރުކުރާ މިންވަރު ދަށްވާނެ ކަމަށެވެ. މިއީ ފެޑެރަލް ރިޒާވް އާއި، ޔޫރަޕާއި، އޭޝިއާގެ މަރުކަޒީ ބޭންކުތަކުން ކޮންސިއުމަރ ޑިމާންޑް ދަށްކޮށް އިންޓަރެސްޓް ރޭޓް މަތިކޮށްގެން އިންފްލޭޝަން ކުޑަކުރުމުގެ މަސައްކަތުގެ ސަބަބުންނެވެ.

ޗައިނާގެ ދުނިޔޭގެ ވިޔަފާރީގެ ސާޕްލަސް މީގެ އަހަރައްހާ ދުވަސް ކުރިން 26.9 އިންސައްތައަށް އިތުރުވެ 84.7 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.

ރަޝިޔާއަށް އެތެރެކުރާ މުދާގެ ތެރޭގައި، ހާއްސަކޮށް ތެލާއި ގޭސްވަނީ 55 އިންސައްތައަށް އިތުރުވުމައި އެކު 10.7 ބ ޑޮލަރަށް އަރައިފައެވެ. ނަމަވެސް އޮގަސްޓް މަހު ވަނީ 5 އިންސައްތަ ދަށްވެފައެވެ.

މޮސްކޯއިން ޔޫކްރޭނަށް އަރައިގަތުމައި ގުޅިގެން އަދަބު ދިނުމަށް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފު ނުވެ ޗައިނާއަށް ރަޝިޔާއިން ތެޔޮ ގަނެއެވެ.

ޑިސްކައުންޓް އަގުތަކުގެ ފައިދާ ނަގަން ޗައިނާއިން ގަންނަ ތަކެތި އިތުރުވަމުންދާތީ ތެލާއި ގޭސް އެކްސްޕޯޓްކުރުމުން ރައީސް ވްލަޑިމިއާ ޕޫޓިންގެ ފައިސާގެ ގޮތުން އެހީތެރިވެދެވޭކަމަށް ބުނެ ވޮޝިންގްޓަންއިން ވަނީ ހިތް ހަމަ ނުރުހުން ފާޅުކޮށްފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.