ތަކެތީގެ އަގު އިންތިހާއަށް އުފުލޭތީ، ފްރާންސްގައި ކުރަމުންއަންނަ މުޒާހަރާތަކުގެ ތެރެއިން

ހަބަރު

މުޅި ޔޫރަޕްގައި ތަކެތީގެ އަގުބޮޑުވެ މުޒާހަރާތަކާއިއެކު ސިޔާސީ ހަލަބޮލި ކަމެއްގެތެރެއަށް

ރާނިއާ - ޔޫރަޕް | 25 އޮކްޓޯބަރ 2022 , އަންގާރަ 10:26   167

ތަކެތީގެ އަގު އުފުލި ދިއުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާތީ ހިތްހަމަނުޖެހުން ބޮޑުވަމުންދިޔުމާއެކު މުޒާހަރާތަކާއި ހަޅުތާލުތަކުގެ ރާޅެއްފެށި، ސިޔާސީ ހަލަބޮލިކަމެއް ވަނީ މުޅި ޔޫރަޕްގައި ޢާއްމުވެ ފެތުރިފައެވެ.

ރައްޔިތުން އިންފްލޭޝަން އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މަޖުބޫރުކުރުވުމަކީ ސިޔާސީ ލީޑަރުންނަށް ވެސް ގިނަފަހަރަށް އޮންނަ ނުރައްކަލެކެވެ.

ޔޫކްރޭންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫރަޕުގެ ރައްޔިތުންނަށް ވަނީ އެމީހުންގެ ބިލްތަކާއި ކާބޯތަކެތީގެ އަގުބޮޑުވާކަމަށް ބުނެފައެވެ.

ހޫނު މޫސުމުގެ ރެކޯޑް މިންވަރަކަށް ގުދުރަތީ ގޭހުގެ އަގު ދަށްވެ، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ގޭބިސީތަކަށާއި ވިޔަފާރިތަކަށް ހަކަތައަށް ލުއި ދިނުމަށް ސަރުކާރުތަކުން 576 ބިލިއަން ޔޫރޯ (566 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު) ދޫކުރި ނަމަވެސް ބްރަސެލްސްގައި ހުންނަ ބްރޫގަލް ތިންކް ޓެންކުން ބުނާ ގޮތުގައި އެވަރުންވެސް ބައެއް މުޒާހަރާވެރިންނަށް ނުފުދޭކަމަށެވެ.

ޔޫކްރޭންގައި ހިނގި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުގެ ސަބަބުން ޔޫރަޕްގައި މަދަނީ ހަމަނުޖެހުން ހިނގުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިސްކް ކޮންސަލްޓެންސީ ވެރިސްކް މެޕްލްކްރޮފްޓް ވަނީ ބުނެފައެވެ. ޔޫރަޕްގެ ލީޑަރުން ވަނީ ޔޫކްރޭނަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން ޔޫކްރެއިންއަށް ހަތިޔާރު ފޮނުވައި އަދި ރަޝިޔާއިން އަގުހެޔޮކޮށް ވިއްކަމުންދާ ގުދުރަތީ ގޭހައި ތެލާއި ނުގަތުމަށް ވައުދުކޮށްފައެވެ. ނަމަވެސް މިއީ ފަސޭހަ ބަދަލުތަކެއް ނޫނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ސަޕޯޓު ގެއްލުމުގެ ބިރު އަންނަނީ ބޮޑުވަމުންނެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.