އިންޑިއާއަށް އުފަން އިނގިރޭސި-އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ، ސަލްމާން ރުޝްދީ އަށް މިދިޔަ އޮގަސްޓުމަހު ބޮޑެތި ޙަމަލާތަކެއް ދީފައިވޭ

ދީން

ސަލްމާން ރުޝްދީ، ހަމަލާތަކަށްފަހު އެއް ލޮލުގެ ފެނުން ގެއްލި، އެއް އަތް ބޭނުން ނުކުރެވޭ

ރާނިއާ - ދުނިޔެ | 24 އޮކްޓޯބަރ 2022 , ހޯމަ 17:32   588

މީގެ ދެ މަސް ކުރިން ނިއުޔޯކް ސްޓޭޓްގައި ލެކްޗަރ ދޭން ތައްޔާރުވަމުން ދަނިކޮށް ސަލްމާން ރުޝްދީއަށް ދިން ހަމަލާއަށް ފަހު އެއް ލޮލުގެ ފެނުން ގެއްލި އެއް އަތުގެ ބޭނުންނުކުރެވޭ ކަމަށް އޭނާގެ އޭޖެންޓް ކަށަވަރުކޮށްދީފިއެވެ.

އުމުރުން 75 އަހަރުގެ ލިޔުންތެރިޔާ 'ދަ ސޭޓަނިކް ވާސެޒް' ޝާއިރުކުރުމަށްފަހު ގެ އަހަރުތަކުގައި އީރާނުން މަރުގެ އިންޒާރު ލިބިވަޑައިގެންނެވިއެވެ. ރުޝްދީއަށް އަށް ވަޅިން ހަމަލާދީފައިވަނީ 12 އޮގަސްޓްގައި ޗައުޓައުކުއާ އިންސްޓިޓިއުޝަންގައި ފަންނުވެރިކަމުގެ މިނިވަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ސްޓޭޖަށް އަރައިއިންނެވިކޮށެވެ.

މިހާތަނަށް އައިއިރު ރުޝްދީއަށް ލިބުނު އަނިޔާތަކުގެ މާ ބޮޑު މައުލޫމާތެއް ސާފުވެފައި ނުވިކަމުގައި ވިޔަސް ސްޕެއިންގެ އެލް ޕައިސްއަށް ދިން އިންޓަވިއުއެއްގައި ރުޝްދީގެ އެޖެންޓް، އެންޑްރޫ ވައިލީ ވަނީ އެ ހަމަލާތަކުގެ ސީރިއަސް މިންވަރާއިއެކު ރުޝްދީގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނުވި ހަމަލާއެއްކަން ކިޔައިދީފައެވެ.

"ރުޝްދީއަށް ލިބިފައިވާ ޒަހަމްތައް ފުންވުމުގެ އިތުރުން [އޭނާ] ވަނީ އެއް ލޮލުގެ ފެނުންވެސް ގޮސްފައި. މީގެ އިތުރުން ކަރުގައި ތިން ސީރިއަސް ޒަހަމްތަކައި އޭނާގެ އަތުގައި ހުރި ނާރުތައް ކެނޑިފައި ހުރުމުގެ ސަބަބުން އެއަތުގެ ބޭނުންވެސް ވަނީ ކެނޑިފައި. އަދި އޭނާގެ މޭމައްޗަސައި ބޮލުގައި އިތުރު 15 ވަރަކަށް ޒަޚަމް ހުރި ކަމުން، އެއީ އަނިޔާވެރި ހަމަލާއެއްކަން ޔަގީން". ވައިލީވަނީ ބުނެފައެވެ.

ރުޝްދީ އަދިވެސް އޮތީ ހޮސްޕިޓަލުގައިތޯ އެހުމުން، އޭޖެންޓް އެސުވާލަށް ޖަވާބު ނުދީ ބުނީ އެންމެ މުހިންމީ ލިޔުންތެރިޔާ ދިރިހުރިކަންކަމެވެ.

ޓެގްސް: އިސްލާމްދީން މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.