ނިއުކާސަލް ޔުނައިޓެޑްގެ ކެލަމް ވިލްސަންއައި މިގްލް އަލްމިރޯންގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ނަގާފަިވާ ފޮޓޯއެއް

ކުޅިވަރު

ޓޮޓެންހަމް އަތުން މޮޅުވުމަށްފަހު ނިއުކާސަލް ގަދަ ހަތަރެކަށް!

ރާނިއާ - ޔޫރަޕް | 25 އޮކްޓޯބަރ 2022 , އަންގާރަ 13:03   309

ނިއުކާސަލް ޔުނައިޓެޑްގެ މިސީޒަނުގައި އެންމެ ބޮޑު ނަތީޖާ ނެރެފައިވަނީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-2 އިން ހައްގު މޮޅެއް ހޯދައިގެން ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އާދިއްތަ ދުވަހު ކުޅުނު މެޗުންނެވެ.

ފުރަތަމަ ހާފުގައި ކެލަމް ވިލްސަން އާއި މިގެލް އަލްމިރޯން ވަނީ ގޯލު ޖަހާފައެވެ .މި ދެ ގޯލަށް ވެސް އެހީތެރިވެދިނީ ސްޕާސްގެ ކީޕަރު ހޫގޯ ލޮރިސްގެ ގޯސްތަކެވެ. އެހެންކަމުން ޓޮޓެންހަމް އިން މެޗު ފެށިގެންދިޔައިރު ދެއްކި މޮޅު ކުޅުން ނިއުކާސަލްއިން ވަނީ ކޮންޓްރޯލުކޮށްފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ވިލްސަން އޯޕަނަރު ޗިޕްކޮށް ބެލެހެއްޓުމެއް ނެތި ގޯލަށް ވައްދާލިއިރު، 40 ވަނަ މިނެޓުގައި އަލްމިރޯން ވަނީ ހަނި ދޭތެރެއަކުން ލަނޑެއް ޖަހައިދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ހެރީ ކޭން މި ސީޒަނުގައި ލީގުގައި ޖެހި 10 ވަނަ ގޯލުން ތިން ވަނައިގައި އޮތް ޓޮޓެންހަމްއަށް ޗާޖެއް ކުރެވިދާނެ ކަމަށް ހީވި ނަމަވެސް ނިއުކާސަލް އިން ތިން ޕޮއިންޓް ހޯދުމަށް ވަރުގަދައަށް ހިފެހެއްޓިއެވެ.

އަހަރުމެން ނެގީ ބޮޑު މޮޅެއް. އަހަރުމެން މިތަނަށް އައީވެސް މޮޅު ނެގުމަށް އަޒުމު ކަނޑައަޅައި ޕޮޒިޓިވް ވިސްނުމައިއެކު. އަހަރުމެންގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެއް. މި މޮޅު އަހަރުމެންނަށް ހައްގު.

~ ޕްރިމިއާ ލީގުގެ ކްލަބް ނިއުކާސަލް ޔުނައިޓްގެ ހެޑް ކޯޗަށު، އެޑްވާޑް ޖޯން ފްރެންކް ހޯވް

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.