ދިވެހިރާއްޖެގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ސޯލިޙް

ހަބަރު

ޤާނޫނީ ފަންނުގެ ޤާނޫނަށް ދެވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީގުކުރައްވައިފި

ރާނިއާ - ދިވެހި ރާއްޖެ | 25 އޮކްޓޯބަރ 2022 , އަންގާރަ 08:47   252

މިއަހަރު އޮކްޓޯބަރު މަހު 19 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނީ ފަންނުގެ ޤާނޫނު (ނަންބަރު: 2019/5) އަށް 2 ވަނަ އިސްލާހުގެނައުމުގެ ބިލް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދް ސޯލިޙްވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.

މިބިލް ތަސްދީގުވުމައި ގުޅިގެން ޤާނޫނީ ވަކީލްކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކުން، ބާ އިމްތިހާން ނަހަދައި ޤާނޫނީ ވަކީލުގެ ދާއިމީ ހުއްދަ ލިބޭނެއެވެ.

.

މިޤާނޫނަށް ގެނެސްފައިވާ މައިގަނޑު އިސްލާހުތަކުގައި ހިމެނެނީ:

  • ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުން
  • ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާންކުރުން
  • ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާޙުތައް

އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ރ9، (ބ) އަދި، 1-31 ވަނަ މާއްދާގެ (ބ) އުނިކޮށް، މިގާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށްވެސް ވަނީ މާއްދާއެއް އިތުރުކުރެވިފައެވެ.

މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިކަން ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ.

ޓެގްސް: ޤާނޫނުތަކާއި ޤަވާޢިދުތައް ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.