ސުނަކް ވެވަޑައިގަންނަވާނީ، އޭޝިއާ ދަރިކޮޅުގެ ފުރަތަމަ އިނގިރޭސި ބޮޑުވަޒީރަށް

ދުނިޔެ

ރިޝީ ސުނަކް، އޭޝިއާ ދަރިކޮޅުގެ ފުރަތަމަ އިނގިރޭސި ބޮޑުވަޒީރަކަށް ވެވަޑައިގެންފި

އަލީ އަޒްޔަން - ޔޫރަޕް | 24 އޮކްޓޯބަރ 2022 , ހޯމަ 18:47   229

ރިޝީ ސުނަކް (42އ) އިނގިރޭސި ބޮޑުވަޒީރަށް ވެވަޑައިގަންނަވާނެކަމަށް އިނގިރޭސި ނޫސްތަކުން ބުނެފިއެވެ. މިކަން ކަށަވަރުވެފައިވަނީ ޕެނީ މޯޑޯންޓް އަދި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން, އިނގިރޭސި ކޮންސަރވޭޓިވް ޕާޓީގެ ލީޑަރަކަށް އައުމަށް ކުރިމަސައްކަތް ހުއްޓާލުމުންނެވެ.

ނަމަވެސް މިކަން މިހާތަނަށް ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދެއްވާފައި ނުވެއެވެ. ނޫސްތައް ބުނާގޮތުން މިކަން ރަސްމީކޮށް އިޢްލާން ކުރެވިގެންދާނީ މާދަމާގެ ވަގުތެއްގައެވެ.

ޚަބަރުތައް ބުނާގޮތުން ޕެނީ މޯޑޯންޓް ނަން ނަގާފައިވަނީ ނަން ހުށަހެޅުމަށް ދީފައިވާ ވަޤުތު ހަމަވާން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.

މިކަން މިގޮތަށް ވެއްޖެނަމަ އޭނާ ވެގެންދާނީ، އޭޝިއާ ބައްރަށް ނިސްބަތްވާ ފުރަތަމަ އިނގިރޭސި ބޮޑުވަޒީރަށެވެ. އޭނާގެ މައިންބަފައިންނަކީ އިންޑިއާގެ ޕަންޖާބް ދަރިކޮޅުގެ ބައެކެވެ. އެމީހުން އިރުމަތީ އެފްރިކާއިން އިނގިރޭސިވިލާތަށް ހިޖުރަކުރީ 60ގެ އަހަރުތަކުގައެވެ.

މީގެ އިތުރުން އޭނާ ވެގެންދާނީ، ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި އެޤައުމުގައި ވެރިކަން ކުރައްވާ އެންމެ އުމުރުން ހަގު ބޭފުޅާއަށެވެ. އޭނާ ވަނީ ފާއިތުވެދިޔަ ތަނުގައި އިނގިރޭސިވިލާތުގެ ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

އޭނާ ވަނީ އޮކްސްފޯޑު ޔުނިވާސިޓީ އިން އިގްތިސާދީ ދާއިރާއިން، އަދި އެމެރިކާގެ ސްޓެންފަޑް ޔުނިވާސިޓީއިން ވިޔަފާރީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހައްދަވާފައެވެ. އަނބިކަނބަލުން އަކްޝަތާ މުރްތީ އަކީ އަކީ އިންޑިއާގެ ބިލިއަންޑޮލަރު ކުންފުނީގެ ވެރިޔާ އެންއާރު މުރްތީގެ ދަރިކަނބަލެކެވެ. ދެބޭފުޅުން ރަށްޓެހިވެފައިވަނީ އެމެރިކާގައި ކިޔަވަން އުޅުނު އިރުއެވެ.

އިނގިރޭސިވިލާތުގައި ބޮޑުވަޒީކު ހޮވަން މިޖެހުނީ، ލިޒް ޓްރަސް ވެރިކަމުގައި އެންމެ 7 ހަފްތާ ނުވަނީސް އިސްތިޢުފާ ދިނުމާއިގުޅިގެންނެވެ. މި ދަނޑިވަޅަކީ މުޅި ޔޫރަޕްގެ އިގްތިޞޯދު އަރިއަޅާލައި އޮތް ނުތަނަވަސްކަން ބޮޑު ދަނޅިވަޅެކެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.