ރާއްޖޭގެ އިމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. ޗާގޯސް އާކިޕެލެގޯ (ފޯޅަވަހި) އަކީ އައްޑޫ ސިޓީ އާއި 500 ކިލޯ މީޓަރު ދެކުނަށް، އަދި އެފްރިކާ ބައްރުގައި އޮންނަ ރަޖީރާ ރަށެއްކަމުގައިވާ މޮރިޝަސް އާއި 3000 ކިލޯ މީޓަރު އިރަށް އޮންނަ ތަނެކެވެ.
ފޯޅަވަހީގައި 7 އަތޮޅެއްގެ މައްޗަށް އެކުލެވިގެންވާ 60 ރަށެއް އޮވެއެވެ.
މިއީ ކުރިން އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި އޮތަސް، ފަހުން އިނގިރޭސިން ވަނީ އެތަނުން ފައިބައި، އެމެރިކާ މީހުންގެ މިލިޓަރީ މަރުކަޒަކަށް ހެދުމަށް ފުރުޞަތުދީފައެވެ. އޭގެ ފަހުން އެތަނަށް އެހެން ބަޔަކަށް ނުދެވެއެވެ.
2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ ފޯޅަވަހީ އިނގިރޭސިންގެ ކިބައިން މިންޖުވެ މޮރިސްޝަސް އާއި ހަވާލުކުރަންޖެހޭކަމަށް ބުނެފައެވެ. މީގެ ކުރިން އ.ދ. ގައި ނެގުނު ވޯޓުގައި ރާއްޖެއިން ވޯޓު ދިނީ މޮރިޝަސް އާއި ދެކޮޅަށެވެ.
މިކަމާއި ގުޅިގެން ސަރުކާރުން ދާދިފަހުން ބުނެފައިވަނީ މިހާރު ސަރުކާރުގެ ސްޓޭންޑަކީ [ދެކޭ ގޮތަކީ] މޮރިޝަސްގެ ތަނެއްގެގޮތުގައި ފޯޅަވަހި ހެދުމަށް ތާޢީދުކުރުން ކަމަށެވެ.
މިކަމާއިގުޅިގެން ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެއެވެ.
މިއީ، މޮރިޝަސް އަކީ އިންޑިއާގެ ޙިމާޔަތުގައި އޮތް ޤައުމެކެވެ. އަދި އިންޑިއާ ކަނޑުގައި އަތް ވަރުގަދަ ކުރުމަކީ އިންޑިއާ ބޭނުންވާގޮތެވެ. މިއީ އެކަމަށް ހުޅުވިގެންދާ ދޮރެއްކަމަށް ގިނަބަޔަކު ދެކެވެ.
މިކަމާއިގުޅިން ކުރީގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ބަންޑާރަ ނައިބު، މުހައްމަދު މުނައްވަރު ވިދާޅުވީ، މިކަން މިގޮތަށްވުމުން މުޅި އިންޑިއާ ކަނޑު އިންޑިއާ އަށް ހިސޯރު ކުރެވުނީކަމަށެވެ.
ޤައުމު ފިތެމުންދާގޮތުން ޔަޤީން ކުރެވެނީ އެހެންނޭ އެކަން ހިނގާފައި އޮންނާނީ.
~ ޑރ. މުޙައްމަދު މުއްވަރު، ކުރީގެ ބަންޑާރަ ނައިބު
މިކަމާއި ގުޅިގެން ސަރުކާރު ދިފާޢުކުރައްވައި ބައެއް މަޖިލީސް މެމްބަރުން ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އޭގެތެރޭގައި އައްޑޫ މެމްބަރު މުޙައްމަދު އަސްލަމް ވެސް ހިމެނެވެ. ބައެއް އެހެން މެމްބަރުން ތުހުމަތުކުރައްވާ ގޮތުން މިއީ މަޖީލީހާއި ވެސް ޙިއްޞާނުކޮށް ސަރުކާރުން ސިއްރުން ހިންގާފައިވާ ޖަރީމާއެކެވެ.
---
މިދަނޑިވަޅަކީ މުޅި ދުނިޔޭގެ އިޤްތިޞޯދު އަރިއަޅާލާފައިވާ ދަނޑިވަޅެކެވެ. ބޮޑެތި ތަރައްޤީވެފައިވާ ހުރިހާ ޤައުމަކަށް ވެސް ވަނީ ބޮޑެތި ގޮންޖެހުމާއި ކުރިމަތިލާން ޖެހިފައެވެ.
ނަމަވެސް ދިވެހިރާއްޖެއިން އެހެން ޤައުމުތަކުން އަޅަމުންދާފަދަ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާތަނެއް ނުފެނެއެވެ. ޚަރަދުތައް ކުޑަކޮށް އިޤްތިޞޯދު ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރާތަނެއް ނުފެނެއެވެ.
އޭގެ ބަދަލުގައި ފެންނަނީ ޕްރޮޖެކްޓްތައް ކުރިއަށްވުރެ ގިނަކޮށް ސިޔާސީ އަދި އެހެނިހެން ވަޒީފާތައް އިތުރުކުރަމުންދާ ތަނެވެ. ސަރުކާރުން ކުރާ ހުރިހާ ކަމެއް ކުރަނީ ދަރަނިންނެވެ. އިންޑިއާ އަކީ އޭގެ ބައިވެރިއެކެވެ. އިންޑިއާއިން މީގެ ކުރިން އެއްވެސް ޤައުމަކަށް ނުދޭހާ ދަރަނި ދިވެހި ރާއްޖެއަށް މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ދީފައިވެއެވެ. މިއީ ދަރަނި ދަންތުރައެއްކަމަށް ބުނެ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ވެސް ބުރޫ އަރަމުންދާކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ދަރަނިން ނޫންގޮތަކަށް ތަރައްޤީކުރާނެ ގޮތް ދަސްކުރަންވެއްޖެއެވެ. ފަހުން މާ ލަސްވެދާނެއެވެ.