ފައްޔާޒް އިސްމާއިލް، އިކޮނޮމިކް މިނިސްޓަރ

ހަބަރު

މިނިސްޓްރީގެ "ބިޒްނަޒް ޕޯޓަލް" މެދުވެރިކޮށް ވިޔަފާރިތަކުގެ "ޕްރޮފައިލް" އޮންލައިންކޮށް

ރާނިއާ - ދިވެހި ރާއްޖެ | 25 އޮކްޓޯބަރ 2022 , އަންގާރަ 13:01   332

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ތިބޭ ވިޔަފާރިތައް މިނިސްޓްރީގެ 'ބިޒްނަސް ޕޯޓަލް' އިން މިހާރު ވިޔަފާރިތަކުގެ 'ޕްރޮފައިލްތައް' އޮންލައިންކޮށް ބެލެވޭގޮތަށް ވަނީ ހަމަޖައްސައިދީފަކަމަށް ރޭ ބޭއްވިގެންދިޔަ ނޫސް ވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވަނީ ވިދާޅުވެފައެވެ.

ވިޔަފާރިއައި ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ބިޒްނަސް ޕޯޓަލްގެ ނަމުގައި ވަނީ އޮންލައިން ޕޯޓަލްއެއް، 2017 ވަނަ އަހަރު ތައާރަފްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީއިން ވަނީ މި ޕޯޓްފޯލް އަށް ލޮގިންވުމާއިއެކު، ވިޔަފާރީގެ ބޭންކް އެކައުންޓްފަދަ ހިދުމައްތައް ހޯދެއްވުމަށް ބޭނުންވާ ޕްރޮފައިލް ޝީޓް މި ޕޯޓަލްއިން ލިބޭނެގޮތް ހަމަޖައްސަިދީފައެވެ. 'ޕްރޮފައިލް ޝީޓް'އަކީ ވިޔަފާރިތަކުން ބޭންކް ހިދުމަތްތައް ހޯދުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔުމެކެވެ. ކުރީގައި ދެތިން ދުވަހަށް ދެމިގެންދާ މި ހިދުމަތްވެސް މިާރު ވަގުތުން ލިބޭގޮތަށް ހަދާފައިކަމަށްވެސް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރިތަކައި، ކުންފުނި ވިޔަފާރިތަކައި، ޕާޓްނާޝިޕް ވިަފާރިތަކައި، ކޯޕަރޭޓިވް ސޮސައިޓީ ކުންފުނިތަކުގެ ޕްރޮފައިލްތައް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމައިއެކު ވަގުތުން ޖެނެރޭޓްކުރެވެމައި އެހެން ފަރާތްތަކައި ހިއްސާކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިންވަނީ ބުނުއްވާފައެވެ.

އަދި ހަމަ އެހެންމެ އިކޮނޮމިކް މިނސްޓްރީއިން ބުނެފައިވަނީ ވިޔަފާރިތަކުގެ "ޕްރޮފައިލް"ގައި ހުންނަ މައުލޫމާތުތަކުގެ ތެރޭގައި ވިޔަފާރީގެ އާންމު މައުލޫމާތުތަކާއި، ކުންފުނީގެ ޑިރެކްޓަރުންގެ މައުލޫމާތުތަކައި، ވިޔަފާރީގެ ހަރަކާތްތަކުގެ މައުލޫމާތުތައް ހިމެނުމަކީ ވިޔަފާރިތަކުގެ ސައްހަކަން އަވަސްގޮތަކަށް ކަށަވަރުކުރުމަށް ބޭނުންކުރެވޭނެ ކަމަށެވެ.

ޓެގްސް: އިކޮނިމިކް މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.