ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް

ހަބަރު

ފޯޅަވައްސަކީ އައްޑޫގެ އިހްތިޞާސްގެ ތެރެއަށް ލެވޭނެ ތަނެއް : އެމްޕީ ޝަހީމް

ރާނިއާ - ދިވެހި ރާއްޖެ | 25 އޮކްޓޯބަރ 2022 , އަންގާރަ 12:05   223

ދިވެހި ރާއްޖޭގެ އިގުތިސާދީ ޚާއްސަ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ފަދަގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައަކީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހަޅައިފައިވާ މައްސަލައެކެވެ.

ފޯޅަވައްސަކީ ދިވެހި ސަރުކާރުގެ ދަށުގައި އޮންނަނެޖެހޭ ތަނެއްކަމަށައި އަދި ދިވެހި ސަރުކާރުން އެތަން ހޯދަން މަސައްކަތް ކުރަން ޖެހޭކަމަށް، މިމައްސަލާއިގައި ބަހުސް ކުރައްވަމުން، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމްވަނީ ވިދާޅުވެފައެވެ.

މެމްބަރު ޝަހީމުދެކޭ ގޮތުގައި ފޯޅަވައްސަކީ އައްޑޫ އަތޮޅުގެ އިޙްތިސާސްގެ ތެރެއަށްލެވޭނެ ތަނެކެވެ. އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ފޯޅަވައްސަކީ އައްޑޫ އަތޯޅުގެ އިޙްތިސާސްގެ ދަށަށްލެވޭ ތަނެކަށް ހެދުމަށް މަޝްވަރާ ނުކުރަނީ ކީއްވެގެންތޯވެސް މެމްބަރު ވަނީ ސުވާލު އުފައްދާފައެވެ.

ތާރީހީ ފަތްފުއްތަކުން ފޯޅަވައްސަކީ ދިވެހިރާއްޖެ އުފެދިފައި އޮންނަ ފަރުބަދަމަތީގައި އޮންނަ ތަނެއްކަން އިނގެން އޮތުމާއި، ފޯޅަވަހީގެ ބައުންޑަރީ އަކީ އެއްވެސްބައެއްގެ ބާރު ހިންގާ ތަނަކަށް ނުވުމާއިއެކު ފޯޅަވައްސަށް ބާރުފޯރުވަން ޖެހޭ ހަމައެކަނި ބަޔަކީ ދިވެހިންކަމަށް މެމްބަރުދެކެއެވެ.

ނަމަވެސް ތާރީޚުން ހެކިދޭ ގޮތުގައި ފޯޅަވަހީގެ ބައެއް ރަށްތަކުގައި ދިވެހިން ދުވަސްތައް ހޭދަކޮށްފަިވިނަމަވެސް، އެތަނުގައި ދިވެހިން ދިރިއުޅުނުކަމުގެ ހެއްކެއް ފެންނާކަށެއްނެތެވެ. އަދި ފޯޅަވައްސަކީ ދިވެހިން އެތަނުގައި ވަޒަންވެރިވާ ވަރަށްވުރެ ދުރުގައި އޮތް ރަށްތަކެއް ކަމަށްވުމުން، އެތަނުގައި ދިވެހިން ވަޒަންވެރި ނުވާކަމަށް ލިޔުންތަކުގައި ފެންނަން އެބައޮތެވެ.

މިލިޔުމާއި ގުޅޭ:

ދަރަނިން ހޯދާ ތަރައްޤީ ހުއްޓާލަންވެއްޖެ، ޤައުމު ފިތި ބާރުވަނީ!

ޓެގްސް: ސަރުކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.