އިނގިރޭސިވިލާތުގެ ދެން އަންނަ ބޮޑުވަޒީރު، ރިޝީ ސުނަކް

ދުނިޔެ

ރިޝީ ސުނަކް :އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ދުނިޔޭގެ ލީޑަރުންގެ މަރުހަބާ

ރާނިއާ - ދުނިޔެ | 26 އޮކްޓޯބަރ 2022 , ބުދަ 08:26   283

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ހޯދި ކާމިޔާބީއާ ގުޅިގެން ދުނިޔޭގެ ލީޑަރުންގެ ފަރާތުން އަންނަނީ ތަހުނިއްޔާގެ މެސެޖުތައް ފޮނުވަމުންނެވެ. އަދި "ހަލަބޮލި" ހަފްތާތަކަކަށް ފަހު ދެން ހަމަޖެހުމަކަށް އުންމީދުކުރާމަށް ގިނަ ލީޑަރުން ބުނެފައިވެއެވެ.

ބައެއް ލީޑަރުންގެ ބަސްތައް :

އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދަރު މޯދީ

"އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ވެވަޑައިގަންނަވާއިރު، ދުނިޔޭގެ މައްސަލަތަކުގައި ގާތުން މަސައްކަތް ކުރުމައި، ރޯޑްމެޕް 2030 ތަންފީޒު ކުރުމަށް އަޅުގަނޑު އިންތިޒާރު ކުރަން." ބޮޑުވަޒީރު ނަރެންދަރު މޯދީ ދެ ގައުމުގެ މެދުގައި ވެފައިވާ 'ފްރޭމްވާކް" އެއްބަސްވުމަކަށް އިޝާރާތް ކުރައްވަމުން ޓްވީޓްކުރެއްވިއެވެ. "އަޅުގަނޑުމެންގެ ތާރީހީ ގުޅުންތައް ޒަމާނީ ޕާޓްނަޝިޕަކަށް ބަދަލުކުރާއިރު، ހާއްސަ ދިވާލީގެ އެދުންތައް އިނގިރޭސި ވިލާތުގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންނަށް، އަޅުގަނޑުމެންގެ ދެ ޤައުމުގެ 'ލިވިންގް ބްރިޖް'އަށް އަރުސްކުރަން." މޯދީ ޓްވީޓްކުރެއްވިއެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލް

"އެކީގައި މަސައްކަތް ކުރުމަކީ އާންމު ގޮންޖެހުންތަކާ ކުރިމަތިލާން އޮތް ހަމައެކަނި ގޮތް... އަދި ހަމަޖެހުންގެނައުމަކީ އެކަންތަކުން އަރައިގަންނަން އެންމެ މުހިންމު ގޮތް." ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލްވަނީ ވިދާޅުވެފައެވެ.

އަޔަލޭންޑްގެ ބޮޑުވަޒީރު މީކާއިލް މާޓިން

"މި ޖަޒީރާތަކުގައި އަދި ދުނިޔޭގެ ފެންވަރުގައި އަޅުގަނޑުމެންނަށް ކުރިމަތިވާ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން މިސްޓަރ ސުނާކްއާއެކު މަސައްކަތް ކުރުމަށް އިންތިޒާރުކުރަން." އަޔަލޭންޑްގެ ބޮޑުވަޒީރު މީކާއިލް މާޓިން ވިދާޅުވިއެވެ.

އެމެރިކާ

ދިވާލީ ދުވަސް ފާހަގަ ކުރުމަށް ވައިޓް ހައުސްގައި ބޭއްވި ހަރަކާތެއްގައި ރައީސް ބައިޑަން ވަނީ އިނގިރޭސިވިލާތުގެ ދެންއަންނަ ބޮޑުވަޒީރު ކަމަށް ސުނާކް ނަންގަވާފައިވުމަކީ "ބިންއަޅާފައިވާ މައިލްސްޓޯނެއް" ކަމަށް ސިފަކުރައްވާފައެވެ. ޕްރޮޓޮކޯލުން ބުނާ ގޮތުގައި ކިންގް ޗާލްސްއާ ބައްދަލުކޮށް ސަރުކާރެއް އެކުލަވާލުމަށް އެދިވަޑައިގަންނަންދެން އެމެރިކާގެ ރައީސް ގެންދަވަނީ ސުނާކްއަށް ރަސްމީކޮށް ތަހުނިޔާ ދެއްވުމުގައި ފަސްޖެހިވަޑައިގެންފައެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.