ރިޝީ ސުނާކްއާއެކު އޭނާގެ އަނބިކަނބަލުން

ހަބަރު

ރިޝީ ސުނާކްގެ އަނބިކަނބަލުން އަކްޝަތާ އަކީ ކާކު؟

ރާނިއާ - އައްޑޫ އަތޮޅު | 25 އޮކްޓޯބަރ 2022 , އަންގާރަ 20:26   322

ބިލިއަން ޑޮލަރުގެ މުއްސަނދިކަމެއްގެ ވާރިސެއް ކަމަށްވާ އަކްޝަތާ މުރްތީ ވަނީ ނޮން ޑޮމިސައިލްޑް ސްޓޭޓަސްއެއް (އިނގިރޭސިވިލާތުން ބޭރުން ލިބޭ އާމްދަނީން އެއްވެސް ޓެކްސްއެއް ދައްކަން ނުޖެހު) ގެންގުޅުއްވާ ކަމަށް މިއަހަރުގެ ކުރީކޮޅުހާމަވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިވަޑައިގެންފައެވެ. ނަމަވެސް ފަހުން އަކްޝަތާ ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ލިބޭ އާމްދަނީން އިނގިރޭސިވިލާތުގައި ޓެކްސް ދެއްކުމަށް އެއްބަސްވެފައެވެ.

އަކްޝަތާގެ އާއިލާއަކީ މިހާރު މުއްސަނދި އާއިލާއަކަށް ވީނަމަވެސް، އަކްޝަތާ އައިސްފައިވަނީ ނިކަމެތި ފެށުމަކުނެވެ.

އަކްޝަތާ އުމުރުން އެންމެ މަހެއްހާ ދުވަސް ވީއިރު، ބައްޕަގެ ފަރާތުން ކާފަ އާއި މާމަ އާއި އެކު ދިރިއުޅެން ފޮނުވައި މަންމަ ސުދާ މުރްތީ އާއި ބައްޕަ މުމްބާއީގައި ކެރިއަރު ކުރިއަރުވަމުން ދިޔައެވެ .ނާރަޔަނާ މުރްތީ ވަނީ އޭގެ އަހަރެއް ފަހުން، އައިޓީ ސާވިސް ކުންފުންޏެއް ކަމަށްވާ އިންފޯސިސް ކޯފައުންޑްކޮށް އިންޑިއާގެ އެންމެ މުއްސަނދި އެއް ފަރުދަކަށްވެފައެވެ.

އަކްޝަތާ ސުނަކްއައި ދިމާވެފައިވަނީ އެމެރިކާގެ ސްޓެންފަޑް ޔުނިވާސިޓީގައި ކިޔަވަމުން ދަނިކޮށެވެ. މި ދެމަފިރިން 2009 ވަނަ އަހަރު ކައިވެނިކޮށްވަނީ ދެ އަންހެން ދަރިންވެސް ލިބިފައެވެ.

އުމުރުން 42 އަހަރުގެ އަކްޝަތާ ކެލިފޯނިއާގައި ފައިނޭންސްގެ ދާއިރާއިން ކެރިއަރު ފެށުމަށްފަހު، އަމިއްލަ ފެޝަން ލޭބަލެއް އަކްޝަތާ ޑިޒައިންސްގެ ނަމުގައި ފަށައި، 2011 ވަނަ އަހަރު ފުރަތަމަ ކަލެކްޝަން ލޯންޗްކުރިއެވެ. ނަމަވެސް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ވިޔަފާރި ރޫޅިގެން ދިޔަ ކަމަށް ގާޑިއަން އިން ރިޕޯޓްކޮށްފައިވެއެވެ.

އަކްޝަތާގެ އިންފޯސިސްގެ 0.9 އިންސައްތަ ހިއްސާ އޮންނަ ކަމަށް އެކުންފުނީގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައިވާއިރު، އޭގެ އަގަކީ ގާތްގަނޑަކަށް 700 މިލިއަން ޕައުންޑެވެ.

އެދެމަފިރިންގެ މުއްސަނދިކަމަކީ، ދިރިއުޅުމުގެ ހާލަތުދަތި ދަނޑިވަޅެއްގައި ސުނަކްއަށް މީހުންގެ ހާލަތައި މެދު ހަމްދަރުދީވާން އުނދަގުވެދާނެ ކަމެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.