ޔުއާން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރަސްމީ ފައިސާ

ވިޔަފާރި

ޗައިނާގެ ޔުއާން، 1994ގެ ފަހުން އަގު މިހާ ދަށަކަށް ނުދޭ!

ރާނިއާ - އޭޝިއާ | 26 އޮކްޓޯބަރ 2022 , ބުދަ 08:31   333

ޗައިނާގެ ޔުއާންގެ އަގު ވަނީ މިދިޔަ 15 އަހަރަށްވުރެ ގިނަ ދުވަހު ނުވެއްޓޭވަރަށް ވެއްޓިފައެވެ. ޝީ ޖިންޕިންގް ވެރިކަން ވަރުގަދަކުރުމުގެ ގޮތުން ކޮމިއުނިސްޓް ޕާޓީގެ ލީޑަރުންނަށް ބޮޑު ބަދަލެއް ގެނައުމުގައި ގުޅިގެން އިންވެސްޓަރުން ވަނީ ޗައިނާގެ އެތައް އެސެޓްތަކެއް ދޫކޮށް ގޮސްފައެވެ.

ޔުއާން އަންނަނީ 1994ގެ ފަހުން ދަށް ނުވާހާވަރަށް ދަށްވެފައެވެ. 1994ގައި މާކެޓް ގެނައި އިސްލާހީ ބަދަލުތަކުގެ ތެރެއިން ޗައިނާއިން އެއް ރެއެއްގެ ތެރޭގައި ފައިސާގެ އަގު 33 އިންސައްތައަށް ދަށްކުރިއެވެ.

އެމެރިކާގެ ޑޮލަރާއަޅާބަލާއިރު ޔުއާންވަނީ 15 އިންސައްތައަށް ދަށްވެފައެވެ.

ހޯމަ ދުވަހު ހޮންކޮންގާއި ނިއުޔޯކުގައި ޗައިނާގެ ސްޓޮކްތައް ވަރަށް ބޮޑަށް ދަށަށް ގޮސް، މާކެޓް ވެލިއުގެ އެތައް ބިލިއަން ޑޮލަރެއް ގެއްލިގެން ދިޔައެވެ. މި ބޮޑު ސޭލް އޮފްތައް އައީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ކުރިއަށް އޮތް ފަސް އަހަރަށް އާ ލީޑަޝިޕް ދައްކާލިތާ ދުވަސްކޮޅެއް ފަހުންނެވެ.

މާކެޓް އިތުރަށް ހަރުދަނާ ކުރުމަށާއި އިގްތިސާދު ހުޅުވާލުމަށް ތާއީދުކޮށްފައިވާ ގިނަ އަދަދެއްގެ އިސް އޮފިޝަލުން އާ އިސް ޓީމެއް ނެތުމުން ގައުމުގެ މުސްތަގުބަލުގެ މިސްރާބާއި އެމެރިކާއާ އޮންނަ ގުޅުމާ މެދު ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.