ވޯލްޑް ބޭންކް، ބައިނަލްއަޤްވާމީ މާލީ އިދާރާ

ހަބަރު

ބޮލްކަންޒްގެ 6 ޤައުމެއްގެ އިޤތިސާދީ ދުވެލި ހަލުއިވެއްޖެކަމަށް ވޯލްޑް ބޭންކުން ބުނެފި

ރާނިއާ - އައްޑޫ އަތޮޅު | 29 އޮކްޓޯބަރ 2022 , ހޮނިހިރު 08:04   279

ހުޅަނގުގެ ބޮލްކަންޒް (އިރުމަތީ ޔޫރަޕް) ގެ 6 ގައުމެއްކަމަށްވާ، އަލްބޭނިއާ، ބޮސްނިއާ، ކޮސޯވޯ، މޮންޓެނެގްރޯ، ނޯތު މެސެޑޯނިއާ އަދި ސާބިއާގެ އިޤްތިސާދީ ދުވެލިވަނީ 0.3 އިންސައްތަ އިތުރުވެފައި ކަމަށް ވޯލްޑް ބޭންކްއިން ވަނީ ބުނެފައެވެ. ނަމަވެސް ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މަތިވެފައިވުމާއެކު އިޤްތިސާދީ ދުވެއްޔަށް އިތުރަށް އަސަރު ކޮށްފާނެކަމަށްވެސް ވޯލްޑް ބޭންކްވަނީ ބުނެފައެވެ.

މިޤައުމުތަކުގެ އިޤްތިސާދީ ދުވެލި ރަނގަޅުވެފައިވާ މައިސަބަބު ތަކަކީ އަހަރުގެ ފުރަތަމަ 6 މަހުގައި ޕްރައިވަޓް ކޮންސަމްޕްޝަންގެ އިތުރަށް އިންވެސްޓްމެންޓްތައް އިތުރުވެފައިވުމާއި ވަޒީފާގެ ބާޒާރު ހަރުދަނާވެ، ވަޒިފާގެ ނިސްބަތް 46 އިންސައްތައަށް އިތުރުވެފައިވާތީކަމަށް ވޯލްޑް ބޭންކްއިން ނެރެފައިވާ ސަރަހައްދީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް ސަންޔާ މަޑްޒަވިޗް ވަނީ 2022 ވަނަ އަހަރުގެ ފުތަރަމަ ކުއާޓާގައި މިގައުމުތަކުގެ އިޤްތިސާދު ރަނގަޅުކަމުގައި ވިޔަސް އަނެއްކާވެސް ގޮންޖެހުންތަކައި ކުރިމަތިލާންޖެހޭނެކަމަށް ބުނެފައެވެ.

2023 ވަނަ އަހަރު މިގައުމުތަކުގެ އިޤްތިސާދީ ދުވެލި 2.8 އިންސައްތައަށް ދަށްވާނެކަމަށްވެސް ވޯލްޑް ބޭންކްއިން ލަފާކުރެއެވެ. އިންފްލޭޝަން މަތިވުމައި ކޮންސިއުމަރުންނައި އިންވެސްޓްމެންޓަރުންގެ އިތުބާރު ގެއްލުމުގެ އިތުރުން، ތަކެތި ފޯރުކޮށްދިނުމުގެ ދަތިކަމައި ގައުމުތަކުގެ މާލީ ހާލަތުދަށްވުމަކީ އިޤްތިސާދީ ދުވެލިދަށް ވެދާނެ ބައެއް ސަބަބުތަކެވެ.

ޓެގްސް: ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.