ސްޓެލްކޯގެ މައި އޮފިސް، މާލެ

ހަބަރު

ކަރަންޓު ސަބްސިޑީއަށް ދައުލަތުން ފާއިތުވެދިޔަ 3 އަހަރު 1.8 ބިލިއަން ރުފިޔާ

ރާނިއާ - ދިވެހި ރާއްޖެ | 27 އޮކްޓޯބަރ 2022 , ބުރާސްފަތި 09:43   770

ކަރަންޓުގެ އަގު ކޮންޓްރޯލުކުރުމުގެ ގޮތުން 1.8 ބ. ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކަރަންޓުގެ އަގު ކޮންޓްރޯލް ކުރުމަށް ފާއިތުވީ 3 އަހަރު ދުވަހު، ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި، ހޭދަވެފައިވާ ޖުމްލަ އަދަދާއި، ސަބްސީޑީ ދޫކުރުމުގައި ކެރިފޯރުންތެރިންނާއި، ފަޤީރުން ބަލާ މިންގަނޑާއި، ސަބްސިޑީސް ދޫކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަން ދޭ އުސޫލާއި ގުޅޭގޮތުން ސުވާލުކުރުން ސަބްސިޑީގެ ގޮތުގައި ވަކި ވަކި ދާއިރާތަކަށް ކޮށްފައިވާ ޚަރަދުތަކާއި ޖުމްލަ ޚަރަދުތަކުގެ ތަފްސީލްތައް ލިޔުމުން ދެއްވާފައެވެ.

މީގެ ތެރޭގައި:

ކަރަންޓުގެ އަގުހެޔޮކުރުމަށް ކުރެވިފައިވާ ހަރަދުތައް

  • 2019 ވަނަ އަހަރު- 468498920 ރުފިޔާ (ހަތަރަސްތޭކަ ފަސްދޮޅަސް އަށް މިލިއަން ހަތަރު ލައްކަ ނުވަދިހަ އަށް ހާސް ނުވަސަތޭކަ ވިހި ރުފިޔާ)
  • 2020 ވަނަ އަހަރު – 661468454 ރުފިޔާ (ހަސަތޭކަ ފަސްދޮޅަސް އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް އަށްހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރު ރުފިޔާ)
  • 2021 ވަނަ އަހަރު – 735584966 ރުފިޔާ (ހަތްސަތޭކަ ތިރީސްފަސް މިލިއަން ފަސްލައްކަ އަށްޑިހަ ހަތަރު ހާސް ނުވަސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ)

ކާބޯތަކެތި އަގުހެޔޮ ކުރުމަށް ކުރެވިފައިވާ ޚަރަދުތައް:

  • 2019 ވަނަ އަހަރު – 321042252 ރުފިޔާ (ތިންސަތޭކަ އެކާވީސް މިލިއަން ސާޅީސް ދެހާސް ދުއިސައްތަ ފަންސާސް ދެ ރުފިޔާ)
  • 2020 ވަނަ އަހަރު – 422952728 ރުފިޔާ (ހަތަރުސަތޭކަ ބާވީސް މިލިއަން ނުވަ ލައްކަ ފަންސާސް ދެހާސް ހަތްސތޭކަ އަށާވީސް ރުފިޔާ)
  • 2021 ވަނަ އަހަރު – 238938307 ރުފިޔާ (ދުއިސައްތަ ތިރީސް އަށް މިލިއަން ނުވަ ލައްކަ ތިރީސް އަށް ހާސް ތިންސަތޭކަ ހަތް ރުފިޔާ)

ސަބްސިޑީއަށް ކޮށްފައިވާ ޚަރަދުތައް:

  • 2019 ވަނަ އަހަރު – 1.3 ބިލިއަން
  • 2020 ވަނަ އަހަރު – 1.2 ބިލިއަން
  • 2021 ވަނަ އަހަރު – 1.5 ބިލިއަން

ކާބޯތަކެތީގެ ސަބްސިޑީގެ 0.1 އިންސައްތަ ފިޔަވައި ހުރިހާ ސަބްސިޑީއަކީ އިންޑައިރެކްޓްކޮށް ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހުރިހާ ފަރާތްތަކަށް ދެމުން އަންނަ ސަބްސިޑީތައްކަން ފިނޭންސް މިނިސްޓަރު ވަނީ ބުނުއްވާފައެވެ. ސަބްސިޑީގެ ފައިދާ ލިބޭ ފަރާތްތައް ގިނަ އިރު މުއްސަނދީންނާއި، ބިދޭސީންގެ އިތުރުން ވިޔަފާރިތަކައި ފަތުރުވެރިންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެގްސް: ސަރުކާރުންދޭ ސަބްސިޑީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.