އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސްގައި 25 އޮކްޓޯބަރު 2022 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި މަރާފައިވާ މީހެއްގެ ހަށިގަނޑު ގެންދA މަންޒަރު

ހަބަރު

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ހަ މީހަކު މަރާލައިފި

ރާނިއާ - މެދުއިރުމަތި | 26 އޮކްޓޯބަރ 2022 , ބުދަ 13:27   317

އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ވަދެ ފަލަސްތީނުގެ ހަ މީހަކު މަރައި 21 މީހަކު ވަނީ ޒަޚަމްކޮށްފިކަމަށް ފަލަސްތީނިގެ އޮފިޝަލުންވަނީ ބުނެފައެވެ.

ފަލަސްތީނުގެ ފަތަހަ ހަރަކާތުގެ ތަރުޖަމާނަކު ވިދާޅުވާގޮތުގައު، އަންގާރަ ދުވަހުގެ ފަތިސް ވަގުތުގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން ނަބްލޫސް ސިޓީއަށް ވަދެ ހަރަކާތްތެރިވަމުންދިޔަ މަންޒަރު ފަލަސްތީނުގެ ސަލާމަތީ ބާރުތަކާއި ހަތިޔާރު އެޅި ހަނގުރާމަވެރިންނަށްވަނީ ފެނިފައެވެ.

އިސްރާއީލުގެ ޙަމަލާގައި ޖެހި ފަލަސްތީނުގެ ފަސް މީހަކު ވަނީ މަރުވެފައިކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. މަރުވި މީހުންގެ ތެރެއިން އެކަކީ ހަތިޔާރު ނެތް މީހެއް ކަމަށް ފަލަސްތީނުގެ ސިއްހަތާއި ސަލާމަތީ އޮފިޝަލުންވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ބުނާގޮތުގައި ނަބްލޫސްގެ ސިޓީ ސެންޓަރުގައި ގެތަކާއި އިމާރާތްތަކުގެ ފުރާޅުތަކުގައި އިސްރާއީލުގެ ސްނައިޕަރުން ފިލައިގެންތިބެ ޑްރޯން ބޭނުންކޮށްގެން މިސައިލްތައް ޖަހާފައިވެއެވެ.

އިސްރާއީލުގެ ސިފައިން އަންނަނީ މާޗް މަހުން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަތިޔާރު އެޅި ނެޓްވޯކްތައް ރޫޅާލައި ހަމަލާތައް ނާކާމިޔާބު ކުރުމުގެ ގޮތުން ރޭގަނޑު ގަޑިތަކުގައި ފޯރިމަރަމުންނެވެ.

ޓެގްސް: ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.