ސެޏްޓްރަލް ބޭންކް އޮފް ސްރީލަންކާ

ވިޔަފާރި

ސްރީލަންކާ، މާލީ ގޮތުން ލިޔަންކިޔަން އެނގެނީ އެންމެ 57 އިންސައްތަ މީހުންނަށް

ރާނިއާ - ލަންކާ | 26 އޮކްޓޯބަރ 2022 , ބުދަ 13:21   257

ސްރީލަންކާގެ ސެންޓްރަލް ބޭންކުން މާލީގޮތުން ހޭލުންތެރިކަން ހުރިވަރު ބެލުމަށް ސާވޭއެއް ހެދުމަށްފަހު ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި، ސްރީލަންކާގައި މާލީ ގޮތުން ލިޔަންކިޔަން އިނގެނީ އެންމެ 57 އިންސައްތަ މީހުންނަށްކަން ވަނީ ހާމަވެފައެވެ.

'ދަ ފައިނޭންޝަލް ލިޓްރޭސީ ސާރވޭ ސްރީލަންކާ - 2021' ގެ ނަމުގައި ނެރުނު މި ރިޕޯޓަކީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ރިޕޯޓެކެވެ. މިރިޕޯޓު އެކުލަވާލުމުގެ ބޭނުމަކީ ސްރީލަންކާގެ މާލީގޮތުން ލިޔަން ކިޔަން ދަންނަ މީހުންގެ އަދަދު ދަނެ، އާންމުންނަށް ކަމުދާނެ ގޮތަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ސިޔާސަތުގެ ނިންމެވުންތައް ނިންމެވެ.

ރިޕޯޓުން ދައްކާގޮތުގައި ސްރީލަންކާގެ 55.2 އިންސައްތަ އަންހެނުންނަކީ މާލީ ގޮތުން ލިޔަންކިޔަން ދަންނަ މީހުންނެވެ. އަދި 66.1 އިންސައްތަ ފިރިހެނުންނަށް މާލީގޮތުން ލިޔަންކިޔަން އިނގެއެވެ.

މި ރިޕޯޓު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތަކަށް 4 ކޮންސެޕްޓްގެ ތެރެއިން ތިން ކޮންސެޕްޓެއްގެ މައުލޫމާތު ލިބިފައިވާތޯ ބަލައިގެން ؛ އޭގެ ތެރޭގައި ނިއުމެރެސީ، ކޮމްޕައުންޑް އިންޓަރެސްޓް ރޭޓާއި، އިންފްލޭޝަން އަދި ރިސްކް ޑައިވަރސިފިކޭޝަން ހިމެނެއެވެ.

ގިނަ ބަޔަކު އެމީހުންގެ މާލީ ހާލަތާ ގުޅޭގޮތުން ލިޔަންކިޔަން ނޭނގޭކަން ހާމަކޮށް އެމީހުންނަށް މުހިންމު ކަންތައްތައް ކުރުމުގެ ޤާބިލުކަންވަނީ ހަނިވެފައެވެ. އަދި އެމީހުންގެ ދަރަނީގެ ހާލަތާ ގުޅޭގޮތުން ލިޔަންކިޔަން ގިނަ މީހުންދަންނަކަން މިރިޕޯޓުން ދައްކައިދެއެވެ.

ނަމަވެސް މާލީ ނަޒަރިއްޔާތަށް ބަލާއިރު އަންހެނުންނަށް ގިނަ ސްކޯތަކެއް ލިބުނުއިރު، ފިރިހެނުންގެ މާލީ ޢިލްމު ބޮޑުކަމަށް ސާވޭގެ ރިޕޯޓުގން ދައްކައިދެއެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.