މޯލްޑިވިއަންގެ ބޯޓެއް ބަނދަރުކޮށްފައި

ހަބަރު

އަހަރުގެ ފުރަތަމަ ކުއާޓާރގައި ފެނަކައަށް 9 މިލިއަން، މޯލްޑިވިއަންއަށް 29 މިލިއަންގެ ގެއްލުން

ރާނިއާ - ދިވެހި ރާއްޖެ | 26 އޮކްޓޯބަރ 2022 , ބުދަ 21:08   202

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރުގެ ގިނަ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އާންމުކުރާ ކުއާޓަލީ ރިވިއުއިން ދައްކައިފިއެވެ. މީގެ ތެރޭގައި ފެނެކަ ކުންފުންޏަށް 9 މިލިއަން ރުފިޔާގެ ގެއްލުން، އަދި މޯލްޑިވިއަން އަށް 29 މިލިއަން ރުފިޔާގެ ގެއްލުންވަނީ ވެފައެވެ.

މިއަހަރު ފުރަތަމަ ކުއާޓާގައި ފެނެކައަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 503 މިލިއަން ރުފިޔާގެ ރެވެނިޔުގެ ތެރެއިން 9 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ރިވިއު ރިޕޯޓުން ކުންފުނި ހިންގުމަށް ބޭނުންވާ ފައިސާ އެހެން ފަރާތްތަކުން ހޯދާފައިވުމާއެކު 1.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އެކުންފުނީގެ ބޮލުގައިވަނީ އެޅިފައެވެ.

ހަމަ އެހެންމެ، މިއަހަރު ފުރަތަމަ ކުއާޓާގައި އައިލެންޑް އޭވިއޭޝަނަށް އާމްދަނީގެ ގޮތުން 436 މިލިއަން ރުފިޔާގެ އިތުރަށް ގްރޮސް ޕްރޮފިޓްގެ ގޮތުގައި 127 މިލިއަން ރުފިޔާވެސް ލިބިފައިވާ ކަމަށް ރިވިއުއިން ދައްކައިދެއެވެ. އޮޕަރޭޓީން ޕްރޮފިޓް އެންޑް ލޮސްގެ ގޮތުގައި 31.4 މިލިއަން ރުފިޔާ ގެއްލުންވިއިރު، ހުރިހާ ހަރަދެއް ކަނޑާފައި ފުރަތަމަ ކުއާޓާ ނިންމާލީ 29.8 ރުފިޔާގެ ގެއްލުމުގައެވެ.

އައިލެންޑް އޭވިއޭޝަން ގެއްލުންވަމުންދާ ވަރަކަށް އެމީހުންގެ ހިދުމަތްތައް ދުވަހުން ދުވަހަށް ދަނީ ގޯސްވަމުން ކަމަށްވެސް ހިދުމަތް ހޯދާ ފަރާތަކުން އަންނަނީ ޝަކުވާކުރަމުންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.