ތޫފާން ސިތުރަންގް - ބަންގްލަދޭޝަށް ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން މަންޒަރެއq

ހަބަރު

ތޫފާން ސިތުރަންގް: ބަންގްލަދޭޝްގެ 9 މީހަކު މަރުވެއްޖެ

ރާނިއާ - އޭޝިއާ | 26 އޮކްޓޯބަރ 2022 , ބުދަ 18:21   206

ބަންގްލަދޭޝްގެ ދެކުނުގެ އައްސޭރިފަށަށް ތޫފާން ސިތުރަންގް ގަދަވެ، މުވާސަލާތީ ވަސީލަތްތަކާއި، ކަރަންޓްގެ ގުޅުންތައް ކެނޑި، ގެދޮރުތައް ހަލާކުކޮށްލުމުގެ އިތުރަށް މަދުވެގެން ނުވަ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުންވަނީ ބުނެފައެވެ.

އެޓްލާންޓިކް ކަނޑުން އަންނަ ތޫފާންތަކާ ނުވަތަ ހުޅަނގު ޕެސިފިކްގައި އަންނަ ތޫފާންތަކާ އެއްވަރުގެ ތޫފާން - ހޯމަ ދުވަހުގެ ރޭ ދަންވަރު ދެކުނު ބަންގްލަދޭޝް އަށް އެރި ނަމަވެސް ތޫފާން ގަދަވުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުންވަނީ ގާތްގަނޑަކަށް މިލިއަން މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ބެންގަލް ފަޅުތެރެއިން ތޫފާން އަރައި ގަޑިއަކު 88 ކިލޯމީޓަރަށް ވައިގަދަވެ، ގާތްގަނޑަކަށް ތިން މީޓަރު (10 ފޫޓު) އަށް ތޫފާނުގެ ސަބަބުން ތިރި އައްސޭރިފަށުގެ ސަރަހައްދުތަކަށް ފެންބޮޑުވިއެވެ.

ކަރަންޓާއި ފޯނުގެ ގުޅުންތައް ގިނަ ހިސާބުތަކުން ކަނޑާލައި އައްސޭރިފަށުގެ ސަރަހައްދުތައް ވަނީ އަނދިރިކަމުގެ ތެރެއަށް ވެއްޓިފައި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީގެ ސެކްރެޓަރީ ކަމްރުލް އަހުސަން އޭއެފްޕީއަށް ވިދާޅުވީ ދުރު ޖަޒީރާތަކާއި ކޯރުތަކުގެ އައްސޭރިފަށުން ފަދަ ތިރި ސަރަހައްދުތަކުން ނެރުނު އެތައް ހާސް މީހުން ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ދެކުނު އޭޝިއަށް ފާއިތުވި އަހަރުތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ތިމާވެށީގެ މާހިރުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާދަޔާއި ޚިލާފަށް ތޫފާންތައް އައުމުގެ އިތުރުން، ތޫފާންތަކުގެ ބާރު ދަނީ ގަދަވަމުންނެވެ.

ޓެގްސް: ބަނގްލަދޭޝް ފެންބޮޑުވުން ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.