ރާއްޖެ އިސްލާމްވި ޙާދިޘާ ރަމްޒުކޮށްދޭ މަންޒަރެއް

ހަބަރު

އަބުލްބަރަކާތު އަދި ރަންނަމާރި ވާހަކަ - ރާއްޖެ އިސްލާމްކަންމަތީ އޮންނަތާ 868 އަހަރު!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 އޮކްޓޯބަރ 2022 , ބުރާސްފަތި 10:47   653

ލިޔެފައިވާ ތާރީޚްގައި ފެންނަން އޮތް ގޮތުން ދިވެހިރާއްޖޭ އިސްލާމްވީކަމަށް އެނގެން އޮތީ 1153 ވަނަ އަހަރުން ފެށިގެންނެވެ. އެއީ މީގެ 868 އަހަރު ކުރިއެވެ.

ގިނަ ފަތްފުއްތަކުގައި ވާގޮތުން، ރާއްޖެ އިސްލާމްވުމުގައި މެދުވެރިއެއްކަމަށްވީ އޭރު މަޢްރިބް (މިހާރުގެ އުތުރު އެފްރިކާގެ ޤައުމެއް ކަމުގައިވާ މޮރޮކޯ) ގެ ދަތުރުވެރިއެއް ކަމުގައިވާ އަބޫ ބަރަކާތުލް ޔޫސުފުލް ބަރުބަރީ ރާއްޖެއަށް ކުރި ދަތުރަކާއި ގުޅިގެންނެވެ. އޭރުވެސް ރާއްޖޭގައި އަރަބިބަހުން ވާހަކަ ދައްކާކަމަށް ވެއެވެ. އަދި ޤާނޫނީ ހަމަކަށް ބެލުމުގައި މާލިކީ މަޒުހަބުގެ ބައެއް އަސާސްތަކަށް ޢަމަލުކުރަމުން ދިޔަކަމަށް ވެއެވެ.

ރާއްޖެ އިސްލާމްވިގޮތާއި ގުޅުވައިގެން "ރަންނަމާރި" އެރި ވާހަކަ އަކީ މިއަދު އަޅުގަނޑުމެން ފުލޯކު ވާހަކައެއްގެ ގޮތުގައި ދެކުނު ނަމަވެސް، 2000 ވަނަ އަހަރާއި ހަމައަށް ޖެހެންދެން ވެސް ޙަޤީޤީ ޙާދިޘާތަކެއްގެ ގޮތުގައި ސިފަކޮށް ދިވެހިރާއްޖޭގެ ރަސްމީ ތަޢްލީމީ މަންހަޖުގައި ހިމަނާފައިވާ ވާހަކަތަކެވެ.

ސޯމާލިއާގެ ބައެއް ފޮތްތަކުގައިވާގޮތުން، އޭރު ދިވެހިރާއްޖޭގެ ގަވަރުނަރުކަން ކުރެއްވީ ސޯމާލިއާ ދަރިކޮޅުގެ މީހެއްކަމަށްވާ އަބްދުލް ޢަޒީޒު މޮގަދިޝަވީއެވެ. އޭރު ބަތޫތާ އަކީ ވިޔަފާރިވެރިއެއްކަމަށް ވެފައި، އޭނާ ދިޔައީ ސޯމާލިއާގެ "ބާބެރާ" ގައި ދިރިއުޅެމުންނެވެ. އޭރު އެތަނުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ކިޔާ އުޅުނީ "ބާބާސް" އެވެ. އަބުލް ބަރަކާތުގެ ނަމުގެ ފަހަތުގައި އެ އިންނަ ބަރުބަރީ އަކީ އެއީއެވެ.

ފާރިސީ ފޮތްތައް ބުނާގޮތުން އެމީހުން ކިޔާ އުޅުނީ ބަރުބަރީގެ ބަދަލުގައި "އަލް ތަބްރީޒީ" އެވެ. މި ދެ ލަފްޒުގެ ވެސް މާނަ، ދާދިއެއްގޮތެވެ.

އަބުލް ބަރަކާތު ރާއްޖެ އައުމަށްފަހު

އަބުލް ބަރަކާތު ރާއްޖެ އައިއިރު ރާއްޖޭގައި ހުރީ، ސްރީ ޓްރިބުވަނަ އަދިތްޔާ ކިޔާ ތީމުގޭ ދަރިކޮޅުގެ ރަސްކަލެއްކަމަށް ވެއެވެ. އިސްލާމްވުމަށްފަހު ނަން ބަދަލުވީ މުޙައްމަދު ބުން ޢަބްދުއްﷲ އަށެވެ. އޭގެފަހުން ރަސްކަމުގެ ކޮއިލުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދީން ފެތުރުމަށް މީހުން ފޮނުއްވިއެވެ.

ހަމަ އެރަސްކަމުގައި ދިވެހިރާއްޖޭގައި ބިނާކުރެވުނު ފުރަތަމަ މިސްކިތުގެ މަސައްކަތް ފެއްޓެވިއެވެ. އެއީ މާލޭ ހުކުރު މިސްކިތުގެ މަސައްކަތެވެ.

ދީނަށް މީހުން ވެއްދުމުގައި އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތް ކާމިޔާބު ނުވިނަމަވެސް، އަބުލް ބަރަކާތު އަކީ ޤުރުއާން ހިތުދަސް ޙާފިޒެއްކަމުން ވަރަށް ގިނަ ދިވެހިން އެކަން ބަލައިގަނެ މަޑުމަޑުން އިސްލާމްވާންފެށިއެވެ.

ދިވެހިރާއްޖޭ އިސްލާވިއިރު ދިވެހިން އަޅުކަންކުރަމުން ދިޔައީ ބުދުތަކާއި ބައެއް އައިޑަލް ނުވަތަ އެފަދަ ތަކެއްޗަށެވެ. ބާރަވަނަ ޤަރުނުގައި ރާއްޖޭގައި ބުދުތައް ހުރިކަމަށް ވަރަށް ގިނަ ފޮތްތަކުގައި ލިޔެފައިވެއެވެ. އަދި ދިވެހިރާއްޖެ އިސްލާމްވި ފަހުން ފައްޅިތައް ތަޅާލައި ބޭނުން ކުރި ބުދާއި ތަކެތި ހަލާކުކޮށްލިއެވެ.

އަބުލް ބަރަކާތު އަށް ފަހުން ވީ ކިހިނެތް؟

1656 ވަނަ އަހަރު ހެދިފައިވާ މާލޭ ހުކުރު މިސްކިތް، ރާއްޖޭގެ އެންމެ ދުވަސްވީ މިސްކިތް، މިހާރު ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެއް

ދިވެހިރާއްޖެ ވެރިކަމުގެ ތަޚުތުން އިސްލާމްދީން ޤަބޫލުކުރުމަށް ފަހުވެސް، އަބުލް ބަރަކާތު ގިނަ ވަގުތު ހޭދަކުރެއްވިކަމަށް ވަނީ މީހުންނަށް އިސްލާންދީން ބުނެދީ އުނގަންނައިދިނުމަށެވެ.

އަބުލް ބަރަކާތު އަވަހާރަވިކަމަށް ވަނީ ވެސް ހަމަ އެރަސްކަމުގެ ދައުރުގައެވެ. ހަސަން ތާޖުއްދީން އާއި ޙަވާލާދީ ފޮތްތަކުގައި ބުނެފައިވާގޮތުން އަބުލް ބަރަކާތު ފަސްދާނުލެވުނީ މެދުޒިޔާރަތުގައެވެ.

އޭރު ރަސްކަމުގައި ހުންނެވި މުޙައްމަދު ބުން ޢަބްދުއްﷲ އަބުލް ބަރަކާތު އަވަހާރިވިފަހުން ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ވަޑައިގަތެވެ. ނަމަވެސް، އެނބުރި ވަޑައިގެންފައި ނުވެއެވެ.

ޓެގްސް: އިސްލާމްދީން ރަސްމީ ބަންދު ދުވަސް ޢީދު ފާހަގަކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.