ހިތަދޫ ބަނދަރަށް ގެތަށް ބާލާ މަންޒަރު

ހަބަރު

ތުރުކީގެ "ވިޒިޔޮންވިލާ" ކުންފުނީގެ ސާމްޕްލް ގެތަށް ހިތަދޫ ބަނދަރަށް ބާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 އޮކްޓޯބަރ 2022 , ހުކުރު 20:11   514

ތުރުކީވިލާތުގެ ކުންފުންޏެއް ކަމަށްވާ، ވިޒިޔޮންވިލާގެ ޕްރީ ފެބްރިކޭޓެޑް ދަގަނޑު ގެތަކުގެ ސާމްޕަލް ގެތަށް އައްޑޫ ސިޓީއަށް ގެނެސްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު މިތަކެތި ބާލާފައިވަނީ ހިތަދޫ ބަނދަރަށެވެ. އެތަކެތީގެ ތެރެއިން ކޮންމެވެސް މިންވަރެއް، ގެންދެވުނީ އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ކުރީގެ އެޕޯލޯގެ ގުދަނަކަށެވެ. ނަމަވެސް ހުކުރު ދުވަހުރެ އިރު އޮއްސުނު އިރުވެސް އެތަކެތީގެ ތެރެއިން ބޮޑުބައެއް ހުރީ ސަތަރި އެޅުމަށްފަހު ހިތަދޫ ބަނދަރުގައި ބަހައްޓާފައެވެ.

ވީޑިއޯ ފުޓޭޖް

ގެނެސްފައިވާ ތަކެތީގެ ތެރެއިން ވަރަށް ގިނަ ތަކެއްޗަށް ގެއްލުން ލިބިފައިވާ މަންޒަރު އެކްސްޕްރެސް ނިއުސްގެ ނޫސްވެރިންނަށް ފެނިފައިވެއެވެ. ތަށިމުށިތައް ތަޅައިގެން ގޮސްފައި ހުރި އިރު، އެހެނިހެން ބައެއް ތަކެއްޗަށް ވެސް ހުރީ ވަރަށް ބޮޑަށް ވަރޭގެ އަސަރުކޮށްފައެވެ. އަދި އެހެން ވަރަށް ގިނަ ތަކެއްޗަށް ވެސް ގެއްލުން ލިބިފައި ހުއްޓެވެ.

މިތަކެއްޗާއި ޙަވާލުވުމަށް އެކުންފުނީގެ ފަރާތުން އެއްވެސް މީހަކު އެތަނަށް ގޮސްފައި ނުވެއެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ މިތަކެއްޗާއި ރަސްމީކޮށް ޙަވާލުވެފައި ނުވެއެވެ. އެހެންކަމުން މިގެތަށް ރޭވިގެން ދާން ވަގުތާއި ބެހެއްޓޭނެ ތަނެއް އަދި ވަނީ ކަށަވަރު ނުވެފައެވެ.

ތުރުކީގެ ވިޒިޔޮން ވިލާ ކުންފުނިން އައްޑޫ ސިތީ ކައުންސިލާއި އެކު އެއް ސޮފްޙާގެ ފްރޭމްވޯކް އެއްބަސްވުމެއް ހެދިފައިވީނަމަވެސް، މިހާތަނަށް އައިއިރު، ޖޮއިންޓް ވެންޗަރއެއްގެ މަސައްކަތް ވަނީ ފުރިހަމަ ނުކުރެވިއެވެ. އެންމެ ފަހުން ބޭއްވުނު ކައުންސިލްގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ކައުންސިލަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވެއެވެ. އެބައްދަލުވުމުގައި ޤާނޫނީ ލަފާދޭ ޑެސްކުން، ޖޭވީ އެއްބަސްވުމުގެ މަސައްކަތް ފުރިހަމަކުރުމަށް ފަހު ނޫނީ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ލަފާ ދެވުނު ނަމަވެސް، ކައުންސިލުން ނިންމީ ތުރުކީގެ އެކުންފުންޏާއިއެކު މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މިލިޔުމާއި ގުޅޭ:

"ވިޒިޔަން ވިލާ" ކިޔާ ގޮތްނޭނގޭ, ތުރުކީގެ ކުންފުންޏަކާއި އެކު އައްޑޫ ކައުންސިލުން ޖޭވީއެއް ހަދަނީ

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.