އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ފެސްޓިވަލްގެ ޕޯސްޓަރެއް

ހަބަރު

"ވާވޮށި ޓާޓްލް ފެސްޓިވަލް" މާދަމާ އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 އޮކްޓޯބަރ 2022 , ހުކުރު 23:12   248

އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ދަށުން އިންތިޒާމް ވެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ "ވާވޮށި ޓާޓްލް ފެސްޓިވަލް" މާދާމާ އައްޑޫ ސިޓީ ގައި ފެށިގެންދާނެއެވެ.

މިއީ ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކުން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ޙިމާޔަތް ކުރެވިގެން ރައްކާތެރިކުރެވިފައިވާ ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމުގެ މަސައްކަތުގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމެވެ.

މިޙަރަކާތް އަމާޒު ކުރެވިގެން ދާނީ ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން، ޒުވާން އުމުރުފުރައިގެ ކުދިންނަށެވެ. އަދި އައްޑޫގައި ޙަރަކާތް ފެށިގެންދާނީ ރަސްމިއްޔާތަކާއި އެކު ފޭދޫ ސްކޫލްގައެވެ. މި ޙަރަކާތުގެ ތެރެއިން ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތާއި އެކު މާދަމާ ހަވީރު ފޭދޫގެ މަގުތަކުގައި ޕެރޭޑެއް އޮންނާނެއެވެ.

ޙަރަކާތުގެ ތެރެއިން ދަސްވެގެންދާނެ ބައެއް ކަންކަން:

  • ކަނޑުގެ ދިރުމާއި، މާޙައުލު، އަދި އިކޯސިސްޓަމް ދަނެގަތުން
  • ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާގެ ވައްތަރުތައް ދެނެގަތުން
  • ކަނޑުގެ ދިރޭތަކެތީގެ ނަސްލުތަކަށް އޮތް ނުރައްކާތައް ދެނެގަތުން
  • ކަނޑުގެ ވެށި ރައްކާތެރިކޮށް ދިރުން ދަމަހައްޓާނެ ގޮތްތައް ދެނެގަތުން

މައިގަނޑު ޙަރަކާތްތައް:

  • ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް
  • މޫދު ސާފުކުރުން
  • ތިމާވެއްޓާއި ގުޅޭ ޖަމްޢިއްޔާތަކުން ޕްރެޒެންޓޭޝަން ހުށަހަޅައިދިނުން
  • ވާވޮށި ޕެރޭޑްގެ ނަމުގައި ޕެރޭޑެއް ބޭއްވުން
  • ތިމާވެށި ޓްރެޝާރ ހަންޓް، ލަވަ އަކާއިއެކު ޑާންސެއް، އަދި ސޭންޑް ސްކަލްޕްޗަރ މުބާރާތެއް

އައްޑޫގެ އިތުރުން ނ.ޅޮހި، ރ. ފައިނު، ބ.ގޮއިދޫ، ޅ.ހިންނަވަރު، ކ.ހުރާ، ކ.މާފުށި، އަދި ވ. ކެޔޮދޫގައި މި ފެސްޓިވަލުގެ ޙަރަކާތްތައް ކުރިއަށްދާނެކަމަށް އިންތިޒާމު ކުރާފަރާތުން ބުނެފައިވެއެވެ.

ޓެގްސް: ތިމާވެށި ޖަމްއިއްޔާތައް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.