ފިލިޕީންސް ކޯސްޓްގާޑް (ޕީސީޖީ) ގެ ސަލާމަތްތެރިން, ޓްރޮޕިކަލް ތޫފާނެއްގެ ސަބަބުން ފެންބޮޑުވެފައިވާ ގެތަކުން ރައްޔިތުން ނެރެނީ

ދުނިޔެ

ފިލިޕީންސްގެ ދެކުނު ސަރަހައްދަށް ތޫފާނެއް އަރައި 13 މީހަކު މަރުވެއްޖެ

ރާނިއާ - އޭޝިއާ | 29 އޮކްޓޯބަރ 2022 , ހޮނިހިރު 11:59   274

ދެކުނު ފިލިޕީންސް އަށް އައި ޓްރޮޕިކްލް ތޫފާނެއްގައި ވާރޭވެހި ފެންބޮޑުވުމާއި އެކު 13 މީހަކު ވަނީ މަރުވެފައިކަމަށް ޑިޒާސްޓާ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މަރުވި މީހުންގެ ތެރެއިން ދިހަ މީހުންނަކީ އުދައެރުމުގެ އަސަރު ކުރި މިންޑަނައޯ ޖަޒީރާގެ ޑަޓޫ ބްލަ ސިންސުއަތު އަވަށުގެ މީހުންންކަމަށް ސަރަހައްދީ ސަރުކާރުގެ ތަރުޖަމާނު އަދި ސިވިލް ޑިފެންސް ޗީފް ނަގުއިބް ސިނަރިމްބޯ ވަނީ އޭއެފްޕީއަށް ވިދާޅުވެފައެވެ.

ރަބަރު ދޯނިތަކުގައި ތިބި ސަލާމަތީ މީހުން ކޮޓަބަޓޯ ސިޓީގެ ވަށައިގެން ފެންބޮޑުވެފައިވާ ސަރަހައްދުތައް ވަށައިގެން ބަލަމުން ދިޔައިރު އަވަށްޓެރި ޑަޓޫ އޮޑިން ސިންސުއަޓސު އިން އިތުރު ތިން ހަށިގަނޑެއް ފެނިފައިވާ ކަމަށް ވެސް ސިނަރިންބޯ ބުނުއްވިއެވެ.

އަސްކަރީ ޔުނިޓްތައް ހިމެނޭ ގޮތަށް އެކުލަވާލައިފާވާ ރެސްކިއު ޓީމުތަކުން ދަނީ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިޔަ ކަމަށް ރިޕޯޓްކޮށްފައިވާ އެހެން ސަރަހައްދުތައް ވެސް ބަލަމުންނެވެ.

މެނީލާގެ ސްޓޭޓް މޫސުމައި ބެހޭ އޮފީހުން ވަނީ މިއީ އިރުއުތުރުން އަރާފައިވާ ނަލްގީ ތޫފާނުގެ އަސަރުތައްކަމަށް ބުނެފައެވެ.

ޓެގްސް: ފިލިޕީންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.