އިލޯން މަސްކްވަނީ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ޙިއްސާގެ ބޮޑުބައި ގަނެފައi

ވިޔަފާރި

މަސްކް ޓްވިޓަރ ގަތް ފަހުން ސައުދިއަރަބިއާ 'ދެވަނައަށް އެންމެ ބޮޑު" އިންވެސްޓަރަށް

ރާނިއާ - ދުނިޔެ | 30 އޮކްޓޯބަރ 2022 , އާދީއްތަ 18:39   220

ސައުދީ އަރަބިއްޔާގެ ކިންގްޑަމް ހޯލްޑިން ކޮމްޕެނީ (ކޭއެޗްސީ) އާއި އެކު ވަލީއުލްއަޙުދް އަލްވަލީދު ބިން ތަލާލްގެ އަމިއްލަ އޮފީސް 1.89 ބިލިއަން ޑޮލަރުގެ ޓްވިޓާ ހިއްސާގެ މިލްކުވެރިކަން އިލޯން މަސްކް ޓްވިޓަރ ގަތުމަށްފަހުވެސް ކުރިއަށް ގެންދާނެއެެވެ. އަދި މިއާއެކު ސައުދީންނަކީ ޓްވިޓަރގެ ދެވަނަ އެންމެ ބޮޑު އިންވެސްޓަރުން ކަމަށްވެސް ސައުދީ ވަލީއުލްއަޙުދްވަނީ ހާމަކުރައްވާފައެވެ.

ހުކުރު ދުވަހު އޭނާގެ ޓްވިޓާ އެކައުންޓުގައި އެ ބަޔާން ހިއްސާކޮށް، "ޗީފް ޓްވިޓް" ގެ ނަމުން މާސްކް އަށް އިޝާރާތް ކުރެއްވި ބިން ތަލާލް ވިދާޅުވީ އެ އެއްބަސްވުމަކީ ކޭއެޗްސީގެ ދިގު މުއްދަތުގެ ސްޓްރެޓެޖީއާ އެއްގޮތް އެއްބަސްވުމެއް ކަމަށެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 34.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސައުދީ އަރަބިއްޔާއަކީ 12 މިލިއަނަށް ވުރެ ގިނަ ޓްވިޓާރ ބޭނުންކުރާ މީހުންނާއިއެކު އަށް ވަނައަށް އެންމެ ގިނައިން ޓްވިޓާ ބޭނުންކުރާ ގައުމެވެ.

އެހެންނަމަވެސް، ސައުދީ ވަލީއުލްއަޙުދް ވަނީ މަސްކް އެޕްރީލް މަހު ހުށަހެޅި ހުށަހެޅުމާއި ދެކޮޅުހައްދަވާފައެވެ. އަދި މަސްކް ޓްވިޓާ ގަތުމަކީ ޓްވިޓަގެ 'އިންޓްރިންސިކް ވެލިއު' އާއި ގާތް ކަމެއް ނޫން ކަމަށްވެސް ވަލީއުލްއަޙުދް ވިދާޅުވިއެވެ.

ޓެގްސް: ސޯޝަލްމީޑިއާ ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.